Riyaasee2008
ދީނީ ގޮތުން ބަލާއިރު މުރްތައްދު ވުމަކީ ވަރަށް ބޮޑު ހަރާމްކަމެއްކަމަށާއި މުރުތައްދުވާމީހުންނަށް ގަދަވެގެންވާ ޢަޒާބު ހުރިކަމަށް ކީރިތި ﷲ އަންގަވާފައިވާކަމަށް ޕްރޮފެސަރ ޢަބްދުﷲ ސަޢީދު ވިދާޅުވެއްޖެ
ޕްރޮފެސަރ ޢަބްދުﷲ ސަޢީދާއި އޭނާގެ ކޮށްކޮ ޑރ.ޙަސަން ސަޢީދު ލިއުއްވިފޮތުގައި އެއްގޮތަކަށް ވެސް މުރުތައްދުވުމަށް ހިތްވަރުދީފައި ނުވާނެކަމަށާއި އަދި މުރުތައްދުވުމަކީ ބޮޑުވެގެންވާ ޙަރާމްކަމެއް ކަމަށާއި މުރުތައްދުވާ މީހުންނަށް މާތްﷲ ގެ ގަދަވެގެންވާ ޢަޒާބުހުރި ކަމަށާއި އެބޭފުޅުންގެ ފޮތުގައި އެވާހަކަ ވަރަށް ސާފުކޮށް ބަޔާންކޮށްފައި ވާނެކަމަށް ޕްރިފެސަރ ޢަބްދުﷲ ސަޢީދު މިރޭ ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިމަޢުޟޫޢުގައި ވާހަކަދެއްކެވީ މިދުވަސްވަރު ރާއްޖޭގައި އާދަޔާ ޚިލާފަށް އެމަނިކުފާނާއި ޑރ.ޙަސަންސަޢީދު ލިއުއްވި ފޮތާބެހޭގޮތުން ތަފާތު ދޮގުވާހަކަތައް ފަތުރަމުން ...</description>
ރައީސް މައުމޫނުގެ ވެރިކަން ނިމުމަކަށް އައުމުގެ ކުރިން ރައީސް އޮފީހުގެ ފައިސާގެ ބޮޑެތި ޚިޔާނާތްތަކެއް ފެންމަތިވެއްޖެ
ރައީސްމައުމޫނުގެ ވެރިކަން ނިމުކަމަށް އައުމުގެ ކުރިން މިނިވަން މުސްތަޤިއްލު އޯޑިޓަރ ޖެނެރަލަކު ހަމަޖެހުމާއެކު ރައީސްއޮފީހުން އެމަނިކުފާނުގެ އޯޑަރަށް ނަހަމަގޮތުގައި އެތައް މިލިއަންރުފިޔާއެއް ހޭދަކޮށްފައި ހުރިކަން ހާމަވެ އެމަނިކުފާނު ރައްޔިތުންނަށް ވެފައިވާ ވަރަށް ބޮޑެތި ޚިޔާނާތަކެއް ބޭޒާރުވެއްޖެއެވެ. އޯޑިޓް ގާނޫން ފާސްވިތާ އަހަރެއްވީ އިރުވެސް އޯޑިޓަރ ޖެނެރަލަކު އިސްނުކޮށް އިސްމާޢީލް ފަތުހީ އެމަގާމުގައި ބަހައްޓައިގެން އުޅުނު ސަބަބު މިހާރު މި އެނގުނީއެވެ.
 ތަފްޞީލް </description>
ރާއްޖެއިން ބޭރުގައި މައުމޫނުގެ ގިނަ އެކައުންޓުތަކެއް ހުރި ކަމަށް އިޢުތިރާފްވެއްޖެ
ރާއްޖެއިން ބޭރުގައި ރައީސްމައުމޫނުގެ އެކައުންޓުތަކެއް ހުރިކަމަށް އެޗް އެފް އެމަށް ދެއްވި އިންޓަރވިއުއެއްގައި ވިދާޅުވެއްޖެއެވެ. އެމަނިކުފާނުގެ ވާހަކަފުޅުގައި ޔޫރަޕްގެ ގައުމުތަކުގައި ވެސް އެކައުންޓު ހުރިހަމަކަށާއި އެއެކައުންޓުތަކުގައި ފައިސާވެސް ހުންނާނެކަމަށް މައުމޫނު އަމިއްލަފުޅަށް އިއުތިރާފް ވެއްޖެއެވެ. ނަމަވެސް މިހާތަނަށްވެސް ޑީއާރުޕީއާއި ރައީސްގެ ތަރުޖަމާނު ބުނަމުންދިޔައީ އެމަނިކުފާނުގެ ނަމުގައި ބޭރުގައި އެއްވެސް އެކައުންޓެއް ހުޅުވިފައި ނުހުންނާނެ ކަމަށެވެ. 
ތަފްސީލް </description>
ފުރަތަމަ ބުރުން އެއްވެސް ކެންޑިޑޭޓަކަށް ކާމިޔާބެއް ނުލިބޭނެ
ރިޔާސީ އިންތިހާބު ދެވަނަ ބުރަކަށް ދާނެކަމަށް އިބްރާ ވަރަށް ކަށަވަރު ކަމާއެކު ވިދާޅުވެއްޖެއެވެ. މިހާރު ނެގޭ ހިޔާލު ހޯދުން ތަކަށް ބުރަވާއިރު ވެސް ފެންނަނީ މިއިންތިހާބުގެ ނަތީޖާ ފުރަތަމަބުރުން ނުނެރެވޭނެ ކަމަށެވެ. މިހެންވުމާއެކު އެމީހަކަށް ފެންނަ ކެންޑިޑޭޓަކަށް ވޯޓުލުމަކީ މައުމޫނު ވެރިކަމުން ދުރުކުރުމަށް އޮތް ހުރަހެއްނޫނެވެ. މައުމޫނު ފިޔަވާ އެހެން ކޮންމެ މީހަކަށް ވޯޓު ލިކަމުގައި ވިޔަސް އިންތިހާބުގެ ދެވަނަ ބުރަކަށް ދިއުމުގެ އެއްވެސް ފުރުޞަތެއް މައުމޫނަކަށް ނެތެވެ. އެހެންވީމާ ...</description>
ޑީއާރުޕީގެ ކެމްޕޭން ރާވަނީ ބޭރުބައެއްކަން ހާމަކޮށްފި
ޑީއާރުޕީގެ ކެމްޕޭން ރޭވުމުގައި އިސްކޮށް ހަރަކާތްތެރިވަނީ ބޭރު ބައެއްކަން ހާމަވާ އީމެއިލްތަކެއް ނިއުމޯލްޑިވްސް އަށް ނިސްބަތްވާ ޑރ.ޙަސަންގެ ޓީމުން ހާމަކޮށްފިއެވެ. އެމްޑީޕީގެ ކެމްޕޭނާއި ބޭރުގެ ފަރާތްތަކާ ގުޅުވައިގެން ޑީއާރުޕީއިން ތަފާތު ވާހަކަތައް ދައްކަމުން ދިޔައިރު ޑީއާރުޕީގެ ހާލުއަދި އެމްޑީޕީއަށްވުރެ ބޮޑުކަންވަނީ ހެއްކާއެކު އެބޭފުޅުން ހާމަކޮށްދީފައެވެ.
ތަފްސީލް
ޑީއާރުޕީއިން ކަސްޓަމް ޑިއުޓީ ނުދައްކާ މަކަރު ހަދައިފި
މައުމޫނު ޢަބްދުލް ޤައްޔޫމުގެ ކެމްޕޭނަށް ރާއްޖެއިން ބޭރުން ޗާޕުކޮށްގެން އެތެރެކުރި އެތައް އެއްޗެއްސެއް ޑިއުޓީނުދައްކާ ކަސްޓަމަށް މަކަރު ހަދާ އޮޅުވައިލައިގެން އެތެރެކުރިކަން ފަޅާއަރައިފިއެވެ. 
ތަފްސީލް  
ވެރިކަމަށް އަންނަންޖެހެނީ ޕާޓީއަކަށް ނިސްބަތްވާ މީހެއްތޯއެވެ؟
މިއަދުގެ ސިޔާސީ މައިދާނުގައި އެންމެ ގަދަވެފައިވާ އަޑަކީ ސިޔާސީ ޕާޓީތަކުގެ މޮޅުވާހަކައެކެވެ. ޕާޓީއަކާނުލާ ވެރިކަން ނުކުރެވޭނެ ވާހަކައެވެ. ޙުދުމުހްތާރު ވެރިކަން ނެތިކޮށްލެވެނީ ޕާޓީއިންކަމަށް ދެކެވޭ ވާހަކައެކެވެ. މިދުވަސްކޮޅު މީހުންގެ ސިކުނޑި ތަކާ ކުޅެލުމަށް ގިނަ މަސައްކަތްތަކެއް ދަނީ ކުރެވެމުންނެވެ. ޕާޓީ ސިސްޓަމަކީ ހުރިހާ ބައްޔަކަށް ބޭހެއް ކަމަށް ހީވާފަހަރުވެސް އެބައާދެއެވެ. މިހުރިހާ ވާހަކަތަކަކީ ވެސް ޙަޤީޤަތާ ވަރަށްދުރު ވާހަކަތަކެކެވެ. ރާއްޖޭގައި ހެދިފައިހުރި ޕާޓީތަކުން ފައިދާކުރަނީ އެޕަޓީއެއް ހެދި މީހަކަށެވެ. ނުވަތަ ...</description>
ޑރ.ޙަސަން ސަޢީދުގެ ދީނީ ސިޔާސަތު
އެއްވެސް ކެންޑިޑޭޓަކު ހުށަހަޅާފައިނުވާ ވަރުގެ ފުރިހަމަ މެނިފެސްޓޯއަކާއި އެތަންފީޒު ކުރާނެ ގޮތުގެ ޕްލޭނެއް ހުށަހެޅުއްވީ ޑރ.ޙަސަންސަޢީދު ކަމުގައި އެންމެންވެސް ޤަބޫލު ކުރެއެވެ. ޙަސަންސަޢީދު ގެ ވެރިކަމެއްގައި ދިވެހިން ޒަމާނުއްސުރެ އުޅެމުންދިޔަ މާތްވެގެންވާ އިސްލާމްދީން ޙިމާޔަތްކޮށް ދިވެހިންގެ އިސްލާމީ އަގީދާ ވަރުގަދަ ކުރުމަށް ވަރަށް ގިނަ ކަންތައްތަކެއް ވަނީ ރާވާފައެވެ. އަދި އެވާހަކަތައް ޑރ.ހަސަންސަޢީދުގެ މެނިސްޓޯގައި ކަޅާހުދުންވަނީ ބިންވަޅުނެގިފައެވެ.
އިސްލާމްދީން ހިމާޔަތް ކުރުމަށް ވަކި މިނިސްޓްރީއެއް ހައްދަވާނެ ކަމަށާއި، ދީނީ ޢިލްމުވެރިންގެ މައްޗަށް ...</description>
ގައުމީ އެއްބައިވަންތަ ކަމުގެ ސަރުކާރަކީ ކޮންއެއްޗެއް؟
ގައުމީ އެއްބައިވަންތަ ކަމުގެ ސަރުކާރަކީ ގިނަ ޕާޓީތަކާއި ގިނަ ބަޔަކު ޝާމިލުވާ ގިނަ ބަޔަކަށް ފުރުޞަތުލިބޭ ސަރުކާރެކެވެ. މިފަދަ ސަރުކާރެއް އެކުލަވާލުމަށް ހުށަހަޅުއްވާފައިވާ ކެންޑިޑޭޓަކީ ޑރ.ޙަސަންސަޢީދެވެ. އޭނާގެ ސަރުކާރެއްގައި ތިބޭނީ ވަކި ތަފާތު ޕާޓީތަކާއި ވަކިޕާޓީއަކަށް ނިސްބަތްނުވާ ތައުލީމީ ގާބިލު މީހުންނެވެ. އޭނާގެ ސިޔާސަތުތައް ތަންފީޒު ކުރެވޭފަދަ ޤާބިލް މީހުންނެވެ. 
އެހެން ކެންޑިޑޭޓަކަށް އިންތިހާބު ކާމިޔާބު ކުރެވިއްޖެނަމަ ފުރަތަމަ އިސްކަން ދެވޭނީ އެމީހެއްގެ ޕާޓީގެ މަސްލަހަތު ހިމާޔަތްކުރުމަށެވެ. ސަރުކާރުގެ މަތީވަޒީފާތައް ...</description>
އިބްރާގެ ބަހުގެ ހަމަލާއެއް އެމްޑީޕީއަށް
އާންމު ޖަލްސާތަކުގައި ކިތަންމެ ވަރަކަށް އެމްޑީޕީއާ ގުޅުމަށް ދައުވަތު ދެމުން ދިއަނަމަވެސް އަދި މިހާތަނަށްވެސް އެމްޑީޕީއާ ގުޅިގެން އިބްރާ ކުރަންވީ ކޮންކަމެއްކަން ހާމަކޮށްދެވިފައި ނެތް ކަމަށް އިބްރާ ވިދާޅުވެއްޖެއެވެ. އެބޭފުޅުންގެ ރަނިންމޭޓަކަށް އައުމަށްވެސް އަދި އިބްރާގެ ރަނިންގމޭޓުކަން އެބޭފުޅުންވެސް ގަބޫލުކުރައްވަން މިހާތަނަށްވެސް ހުށަހަޅުއްވާފައި ނުވާކަމަށް އިބްރާ ވިދާޅުވިއެވެ. 
އިބްރާ ވިދާޅުވާ ގޮތުން އޭނާ އެމްޑީޕީގެ ރައީސަކަށް ހުރި އިރު ޕާޓީގެ ހިޔަނި މިނިސްޓަރަކަށް ހުރެފައި ޑރ.ވަހީދު ފުރައިގެން ދިޔައީ އެގޮތަށް ...</description>
އަންނި-  ދެފަހަރު އެކަށްޗެއް ނުކިޔޭ ލީޑަރެއް؟
ރައީސްމައުމޫނަކީ މާޒީ ކަމަށާއި އެއްވެސް އާރެއްބާރެއް ތާއީދެއްނެތް މީހެއް މީހެއްކަމަށާއި ރައީސް މައުމޫނަކީ އެހާ ސީރިއަސް ކެންޑިޑޭޓެއް ނޫންކަމަށާއި އެމަނިކުފާނު ބަލިކޮށްލުމަށް ކޮންމެހެން އިއްތިހާދެއްވެސް ބޭނުން ނުވާކަމަށެވެ. އަދި އެމްޑީޕީއިން ރަނިންމޭޓަކަށް ނެރޭނީ އެމްޑީޕީގެ މެމްބަރެއް ކަމަށާއި އެމްޑީޕީގެ ތާއީދު ވަރަށް ބޮޑުކަމަށެވެ. ނަމަވެސް ހަމަ ހިނދުކޮޅެއްގެ ތެރޭގައި ހުރިހާކަމެއް އަނެއްއަތަށް ޖަހާފިއެވެ.
ރަނިންމޭޓަކަށް ނެގީ އެމްޑީޕީއަކީ ހަނގުރާމަ ވެރި ޖަމާޢަތެއްކަމަށް ބުނި ޑރ.ވަހީދެވެ. އެމްޑީޕީގެ ބަހުރުވައިން ނަމަ ފިލި ވަހީދެވެ. ...</description>
މައުމޫނު ސަރުކާރުން ނުފުއްދާ ހުރި ވަޢުދުތައް ހާމަކޮށްފި
ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ހަތްވަނަ ދައުރަކަށް ކުރިމަތިލައްވާ މައުމޫނު އަބްދުލްޤައްޔޫމްގެ ސަރުކާރުން ނުފުއްދަވާ ހުރި ގިނަ ވަޢުދުތަކެއް ރިޔާސީ އިންތިޚާބުގައި  ވާދަކުރައްވާ ޑރ.ޙަސަންސަޢީދުގެ ކެމްޕޭނުޓީމުން ހާމަކޮށްފިއެވެ. 
ކުރިއަށް އޮތް ފަސްއަހަރަށް މިލިއަންޑޮލަރުގެ އެތައް ވަޢުދުތަކެއް އަލަށް ވަމުންދާއިރު މިހާތަނަށް ކުރައްވާފައިވާ ވަރަށް އާދައިގެ ކުދިކުދި ވަޢުދުތަކަށް ދާންދެންވެސް ހުރީ ނުފުއްދި ކިޔޫގައެވެ.
ތަފްޞީލް  
ޙަސަންސަޢީދުގެ މެނިފެސްޓޯ ތަންފީޒު ކުރައްވާނެ ގޮތް ހާމަކުރައްވައިފި
މިއަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންގެ ތެރެއިން އަމިއްލަ ގޮތުން ވާދަކުރައްވާ ޑރ.ޙަސަންސަޢީދު އޭނާގެ އިންތިހާބީ ވަޢުދުތައް ފުރިހަމަ ކުރައްވާނެގޮތް މިރޭ ހާމަކުރައްވައިފިއެވެ. ޣިޔާސުއްދީން ސްކޫލުގެ ހޯލުގައި ބޭއްވި ޖަލްސާއެއްގައި މެނިސްޓޯ ތަންފީޒު ކުރުމާބެހޭ އެންމެހާ ޕްލޭންތަކާއި ފައިސާ ހަރަދުވާނެ ގޮތުގެ ޕްރެޒެންޓޭޝަން ހުށަހަޅުއްވައިދެއްވީ ޑރ.ޙަސަންސަޢީދުގެ ރަނިންގމޭޓް ޑރ.އަޙްމަދު ޝަހީދެވެ. 
ވަރަށް ތަފްސީލްކޮށް ހުށަހެޅުއްވި މި ޕްލޭނުން ދޭހަކޮށްދެނީ ޑރ.ޙަސަންސަޢީދު މިއަހަރުގެ ރިޔާސީއިންތިހާބަށް ވަރަށް ފުރިހަމައަށް ތައްޔާރުވެ ވަޑައިގެންފައިވާ ކަމާއި، ...</description>
ޑީއާރުޕީގެ މީޑީއާ ކޯޑިނޭޓަރ އަލީވަހީދު ލ.މާވަށުން ފަހާލައިފި
މައުމޫނު އަބްދުލް ޤައްޔޫމަށް ކެމްޕޭނު ކޮށްދިނުމަށް ލ.މާވަށަށް ގޮސްއުޅުނު ޑީއާރުޕީގެ މީޑިއާ ކޯޑިނޭޓަރ އަލީވަހީދަށް ލ.މާވަށުން ވަރަށް ހާލުގައި ޖައްސާ ރަށުން ބޭރުކޮށްލައިފިއެވެ. އާއުސްމިންތަކަށް ރާއްޖެ ގެންދިއުމަށް ހިންގާ ކެމްޕޭނަށް ވަރަށްބޮޑު ތަރުހީބެއް ލިބޭކަމަށް ޒައީމް މައުމޫނު ވިދާޅުވިނަމަވެސް މިހާތަނަށް ޑީއާރުޕީއަށް ދިމާވަމުންދަނީ ލަދުގަންނަން ޖެހޭފަދަ މިފަދަ ކަންތައްތަކެވެ.
 ތަފްސީލް  
އެމްޑީޕީ ގެ ކެމްޕޭނުގައި އިސްކޮށް އޮސްޓްރޭލިއާގެ ރައްޔިތަކު ހަރަކާތްތެރިވަނީ!
އެމްޑީޕީގެ ކެމްޕޭނުގެ ހަރަކާތްތައް ރާވާ ހިންގުމުގައި އިސްކޮށް ހަރަކާތް ތެރިވަނީ އިނގިރޭސިވިލާތުގެ ކޮންޒަވޭޓިވް ޕާޓީއަށް ނިސްބަތްވާ އޮސްޓްރޭލިއާގެ ރައްޔިތެއް ކަމަށްވާ ޖޭމްސް މެގަރާތް ކަމަށް ޑީއާރުޕީއިން ތުހުމަތު ކޮށްފިއެވެ. އިނގިރޭސި ވިލާތުގެ ކޮންޒަރވޭޓިވް ޕާޓީއާއެކު އަބަދުވެސް ގޮތްނޭންގޭ ގުޅުންތަކެއް އޮންނަކަމަށް އެމްޑީޕީގެ މައްޗަށް ދަނީ ތުހުމަތު ކުރެވެމުންނެވެ.
ޑީއާރުޕީގެ ނިއުސްކޮންފަރެންސް ތަކުގައި އެމްޑީޕީއަށް އަމާޒުކޮށް ބޭރުގެ ފަރާތްތަކާ ގުޅުވައިގެން ބަހުގެ ހަމަލާތައް މީގެ ކުރިންވެސް ދިޔައީ ދެވެމުންނެވެ. ޖޭމްސް މެގަރާތުކިޔާ މީހެއްގެ ...</description>
މައުމޫނަށް ވޯޓު ނުލާންވީ ކީއްވެ؟ (ފުރަތަމަބައި)
މައުމޫނަށް ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވޯޓު ނުލާންވީ ސަބަބުތައް ވަރަށް ގިނައެވެ. 
1-    ޑިމޮކްރަސީގެ ހަމަތަކުން އެއްވެސް މީހަކު ދެދައުރަށްވުރެ އިތުރަށް ވެރިކަން ކުރުމީ ޑިމޮކްރަސީއާ ޚިލާފު ކަމެއް ކަމަށް އަމިއްލައަށް 2004 ޖޫން 9 ވަނަ ދުވަހު އިއުލާން ކުރުމަށް ފަހު 7ވަނަ ދައުރަކަށް ޑިމޮކްރަސީގެ ރޫހާ ދިމާ އިދިކޮޅަށް ކުރިމަތިލުން
2 -    ރައްޔިތުންނަށް އެތައް ފަހަރަކު ދޮގުހަދާ އޮޅުވާލުން، އަދި ކުށް ގަބޫލުކޮށް އެކަންކަމަށް މަޢާފަށް ނޭދުން
3-    ...</description>
މައުމޫނުގެ އެކައުންޓަށް ޖަމާކުރި 40 މިލިއަންޑޮލަރު ގެ ތަޙްޤީޤު އިންޓަރ ޕޯލުން ފަށައިފި!
ސުނާމީއާ ގުޅިގެން ޙާލުގައި ޖެހުނު މީހުންނަށް ޤަތަރު އަމީރު ދެއްވި 40 މިލިއަންޑޮލަރު މައުމޫނުގެ އަމިއްލަ އެކައުންޓަކަށް ޖަމާކޮށްފައިވާކަމަށް އެމްޑީޕީއިން ދަނީ ތުހުމަތު ކުރަމުންނެވެ. މިތުހުމަތު މައުމޫނުގެ މައްޗަށް ކުރެވުނީ ވަރަށްގިނަ ސަބަބުތަކެއް ހުރެގެންނެވެ. މިހާތަނަށްވެސް މައުމޫނުގެ އަމިއްލަ އެކައުންޓުތަކެއް ޔޫރަޕްގެ ގައުމުތަކުގައި ނެތްކަމަކަށް މައުމޫނު ކަށަވަރެއް ނުކޮށްދެއެވެ. އަދި އެ އެކައުންޓު ތަކުގައި ހުރި ފައިސާގެ ތަފްސީލު ހާމަކުރުމަށް މައުމޫނުދަނީ ފަސްޖެހެމުންނެވެ. ހައްތާ ދައްކަނީ ރައީސުލް ޖުމްހޫރިއްޔާ ގެ ...</description>
ބ.އަތޮޅުން ތަސްމީނު ބޭރުކޮށްލައިފި އަދި މައުމޫނަށް ކުޑަހުވަދުއަކަށް ނޭރުނު!
ޒައީމް މައުމޫނަކީ އާއުސްމިންތަކަށް ގައުމު ގެންދަން ރިޔާސީ އިންތިހާބަށް ކުރިމަތިލައިގެން އުޅޭ މީހެއްކަމަށް ވެއެވެ. ނަމަވެސް ކަންވަނީކީ އެހެންނެއް ނޫނެވެ. އަނަރޫފަ ތިރީސް އަހަރަށް ފަހު ގަދަ ފަސްއަހަރަށް ދާންބޭނުންވާ މީހަކު ގައުމަކު ނެތެވެ. ގަދަ ފަސްއަހަރުގައި ކަންކަން ވާނެގޮތް މާރަނގަޅަށް ރައްޔިތުންނަށް އެނގޭތީ މައުމޫނުގެ އަޑު އަހާކަށް ރައްޔިތުން ބޭނުމެއްނުވެއެވެ. 
ތަސްމީނު މެމްބަރު ކަންކުރާ ބ.އަތޮޅުގެ ތުޅާދޫއިން ތަސްމީނު ފަހާލައިފިއެވެ. ވެލިޖަހާ ގަޔަށް ބޮލަށް އަރައިގެންނެވެ. މައުމޫނު ކުޑަހުވަދޫއިން ...</description>
އެހެންމީހުންގެ ތައްޕާހުން ކެމްޕޭނު ހިންގުން
އެހެންމީހުންގެ ތައްޕާހުން ކެމްޕޭނު ކުރުމީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި އެންމެ ބޮޑަށް ފެންނަމުންދާ މަންޒަރެވެ. ތިމާގެ ކެމްޕޭނުގައި ދައްކާނެ މާބޮޑު ވާހަކައެއް ނެތުމުން އެހެންމީހުން ބަދުނާމުކޮށް މޮޅު އެއްޗެއް ބުނެލައިގެން އެވާހަކަ މީޑިއާގެ ފަލަސުރުޚީއަށް އެރުވުމަކީ އެންމެ ގިނައިން ފެންނަ މަންޒަރެވެ. 
މިހެން މިކަންހިނގަނީ ތިމަންގެ މެނިފެސްޓޯގައި ނުވަތަ ތިމަންނަ ގެ ޕާޓީގެ ސިޔާސަތު އޮތީ މިވެނި ގޮތަކަށޭބުނެލައިގެން މީޑިއާގެ މާބޮޑު އަޅާލުމެއް ނުލިބޭތީ ކަމަށްވެސް ވެދާނެއެވެ. އަބަދުވެސް ...</description>
އެސްއެލްޕީ އިން މައުމޫނުގެ ޝަރުޠު ހަމަ ނުވާކަމަށް ކުރި ދައުވާ ސާބިތެއްނުވި!
ކުރިންވެސް ހީކުރެވުނު ގޮތަށް ހަދައުރު ފުރިހަމަ ކޮށްފައިވިއަސް މައުމޫނަށް ވެރިކަމަށް އިތުރު ދެދައުރު ހުރެވޭނެ ނަމަށް ސްޕްރީމް ކޯޓުން ނިންމައިފިއެވެ. މާކުރިންވެސް އެކަން އެގޮތަށް ނިމޭނެކަން އޮތީ ޔަގީންވެފައެވެ. ކުރިއަށް އޮތް ދެމައްސަލަވެސް ނިމިގެން ދާނީ ހަމަ މައުމޫނަށާއި އަންނިއަށްވެސް ކުރިމަތި ލެވޭގޮތަށެވެ. ސްޕްރީމް ކޯޓުގައި ތިބި ފަނޑިޔާރުންގެ މުސްތަޤިއްލު ކަމާއި ފަނޑިޔާރުންގެ މުސްތަޤިއްލުކަން މައުމޫނާ ޖެހުމުންވަނީ ވިއްސިވިހާލިވެގެން ގޮސްފައެވެ.
ޤާނޫނު އަސާސީގައި ވަރަށް ސާފުކޮށް ރައީސްކަމުގައި ދެދައުރު ފުރިހަމަ ކޮށްފައިވާ ...</description>
މައުމޫނުގެ ވަކި ތަކުގައި ސްޕްރީމް ކޯޓް ހަފުސްވަނީ
މިނިވަން މުސްތަޤިއްލު މުއައްސަސާތަކަކީ މައުމޫނުގެ ތިރީސް އަހަރުގެ ތާރީޚުގައި އެމަނިކުފާނު ދަންނަ އެއްޗެއްނޫނެވެ. އަދި މިނިވަން މުސްތަޤިއްލު މުއައްސަސާތަކަކީ އެމަނިކުފާނު ވަރަށް ޖެހިލުންވާ ތަންތަނެވެ. މިގޮތުން ހިއުމަން ރައިޓްސް ކަމިޝަނާއި ސިވިލްސާރވިސް ކަމިޝަން މިނިވަން ވުމާއެކު މައުމޫނުގެ ސަރުކާރާއެކު އެމުއައްސަސާތަކުން އަބަދު ޖެހިފައިއޮތީ ހަނގުރާމަ ކުރާށެވެ.
ސިވިލް ސާރވިސް ކަމިޝަނާއި ހިއުމަން ރައިޓްސް ކަމިޝަންގެ ތަޖުރިބާއަށް ބަލާ މައުމޫނު ގަސްދުކުރީ އޭނާގެ މުށުގެ ތެރެއަށް ސްޕްރީމް ކޯޓު ލުމަށެވެ. އެކަން މަޖިލީހުގައި ...</description>
ކެމްޕޭނު ކުރުމަކީ ފައިސާ ބެހުމެއްނޫނެވެ.
ޑީއާރުޕީ ފަދަ ބައެއް ސިޔާސީޕާޓީ ތަކަށް ހީވެފައި މިއޮންނަނީ ކެންޕޭނު ކުރުމަކީ ފައިސާ ބެހުން ކަމަށެވެ. އެއީ މިހާތަނަށް އެމީހުން ކެމްޕޭނު ކުރަމުން އައީ އެގޮތަށް ކަމަށް ވާތީއެވެ. ތަސްމީނުވެސް ބ.އަތޮޅުގެ ގޮނޑި ކާމިޔާބު ކުރަމުން ދިޔައީ މިލިއަނުން ފައިސާ ބަހައިގެންނެވެ. މަޖިލީހުގައި އަނގައިން ބަހެއްނުބުނެ އެންމެ ގިނަ ދުވަހު މެމްބަރު ކަންކުރި މީހަކީ ތަސްމީނެވެ. އެކަމަކު އެ ގޮނޑިއަށް އިންތިހާބު ވުމަށް އެންމެ ގިނަ އަދަދަކަށް ފައިސާބަހާ އެކަކީ ...</description>
ރިޔާސީ ތަރުޖަމާނު ވަޒީފާ ގެއްލޭތީ މޮޔަގޮވަނީ!
ތިމާއަށް ނުކަތާ ވަރުގެ ވަޒީފާއެއް ލިބުމީ ބައެއްމީހުންނަށް ވަރަށް ދެރަގޮތްތައް ދިމާވާ ކަމެކެވެ. މިފަދަ ގޮތެއް ދިމާވެގެން އުޅޭ އެކަކީ މިހާރުގެ ރިޔާސީތަރުޖަމާނު މުންދޫދެވެ. އޭނާއަކީ ރައީސް އޮފީސް ތެރޭގައި އެއްވެސް ޒިންމާއެއް ނެތި ވައިވެގެން އުޅުނު މީހެކެވެ. މީނާ މީހަކަށް ހަދާދިނީ ޑރ.ޝަހީދެވެ. އެދުވަސް ކޮޅު ޝަހީދަށް ތަޢުރީފުކޮށް މިކަލޭގެ ދުލުން އަބަދުވެސް ދިޔައީ މަދަހަ ކިޔަމުންނެވެ. މުންދު އާއި އިންފޮމޭޝަން ނަޝީދު އާ މައްސަލަ ޖެހުނީވެސް ތިމާގެ ...</description>
ޑރ.ޙަސަން ސަޢީދުގެ ކާމިޔާބު މެޖިކް ފޯމިއުލާ
ރިޔާސީ އިންތިހާބުގައި ޑރ.ޙަސަންސަޢީދަށް ވަރަށްގިނަ ބަޔަކު ދަނީ ތާއީދުކުރަމުންނެވެ. މިހެންވުމާއެކު އެމަނިކުފާނުގެ މެޖިކް ފޯމިއުލާ ތިޔަބޭފުޅުންނާ ޙިއްސާ ކޮށްލާނަވެ. އެމްޑީޕީއާއި ޑީއާރުޕީގެ ކެންޑިޑޭޓުންނަށް ހީވެގެން މިއުޅެނީ އެޕާޓީތަކުން ޙަސަންގެ އަގުވައްޓާލުމަށް ހަދަހަދައިގެން އެފަތުރާ ވާހަކަތަކުން ޙަސަންގެ ސަޕޯޓު ފަނޑުކޮށް ލެވޭނެ ކަމަށެވެ. ރިޔާސީ އިންތިހާބުގައި 6 ކެންޑިޑޭޓުން ވާދަކުރާއިރު ޑީއާރުޕީއަކަށް ވެސް އަދި އެމްޑީޕީކަށް ވެސް މިހާރު ދަނޑުމަތިން ޙަސަން ސަޢީދު ނޫން ކެންޑިޑޭޓެއް ނުފެނެއެވެ.
ޚާއްސަކޮށް ޑީއާރުޕީއިން ހަމަ އެކަނި ...</description>
ޑރ.ޙަސަންގެ ރިޔާސީ ކެމްޕޭން ވެބްސައިޓް އިފްތިތާޙްކޮށްފި
އަމިއްލަގޮތުން ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ޑރ.ޙަސަން ސަޢީދު ގެ ކެމްޕޭން ވެބްސައިޓް އިފްތިތާހް ކުރެވިއްޖެއެވެ. ނަލަހިޔާ ހޮޓެލްގައި ބޭއްވި ރަސްމިއްޔާތެއްގައި ސައިޓް އިފްތިތާޙް ކޮށްދެއްވީ ޑރ.ޙަސަންސަޢީދެވެ. މި ރަސްމިއްޔާތުގައި ޙަސަން އެކުލަވާލައްވާ ޤައުމީ އެއްބައިވަންތަ ކަމުގެ ސަރުކާރެއް ކަމުގެ ވަޢުދު އާކުރެއްވިއެވެ. އަދި ސަރުކާރެއް އެކުލަވާ ލެއްވުމުގައި ސިޔާސީ ޕާޓީތަކަށް ދައުވަތު ދެއްވާނެކަމަށް ވިދާޅުވިއެވެ.މިރަސްމިއްޔާތުގައި ބައިވެރިންގެ ސުވާލުތަކަށް ޑރ.ޙަސަންސަޢީދާއި ރަނިންގމޭޓް ޑރ.ޝަހީދުވަނީ ޖަވާބުދެއްވާފައެވެ
ޙަސަންގެ ސައިޓަށް ޒިޔާރަތްކުރެއްވުމަށް މިލިންކަށް ކްލިކްކޮށްލައްވާ </description>