c
 
މއ. ރޯޒްވިލާ،
   މާލެ،
 ދިވެހިރާއްޖެ
 
 
ދިވެހިރައްޔިތުންގެ ޕާޓީގެ ޒައީމު އަލްއުސްތާޛު މައުމޫން އަބްދުލް ގައްޔޫމަށް،
 ވެދުން ސަލާމަށްފަހު ދަންނަވަމެވެ.
މަނިކުފާނަށް އެގިވަޑައިގަންނަވާނޭފަދައިން، އަޅުގަނޑަކީ ޑީ.އާރު.ޕީ ވުޖޫދަށް ގެނައުމުގައި ވަރަށް އިސްކޮށްހަރަކާތްތެރިވެފައިވާ މީހަކީމެވެ. އަޅުގަނޑު އެމަސައްކަތްތައް އެއިރު ކުރީ، ދިވެހިރާއްޖޭގެ ސިޔާސީ ޙަޔާތުގައި ރައްޔިތުންނަށް ބައިވެރިވެވޭ މިންވަރު އިތުރުކުރުމަށާއި ސިޔާސަތުތަށް ކަނޑައެޅުމުގައި ރައްޔިތުންގެ އަޑު ހިމެނުމަށާއި ރާއްޖޭގެ ސިޔާސީ ނިޒާމު ޒަމާނަށް ފެތޭގޮތަށް ބައްޓަން ކުރުމަށާއި ކުރިމަގުގައި ވެރިކަމުގެ އިސްމަގާމުތައް ފުރާނެ ޒުވާން ވެރިންތަކެއް ތައްޔާރު ކުރުމަށާއި، 9 ޖޫން 2004 ގެ […]

8 Comments »Filed under: developmentsPosted on July 8th, 2008

ޑރ. ޙަސަނުގެ ފޮތް މަނާކުރުން މިނިސްޓަރު ނަޝީދު ކުށްވެރި ކުރައްވައިފި

ޑރ. ޙަސަނާއި އޭނޭގެ ބޭބެ ޕްރޮފެސަރ ޢަބުދުއްލާ ސަޢީދު ލިޔުއްވާފައިވާ “ފްރީޑަމް އޮފް ރިލިޖަން އެޕޮސްޓަސީ އެންޑް އިސްލާމް” މި ފޮތް އިސްލާމީ ކަންތައްތަކާއި ބެހޭ މަތީމަޖިލީހުން މަނާކުރެއްވީ ޤާނޫނީ ހަމައެއް ނެތި ދިވެހިރާއްޖޭގެ ޤާނޫނާއި ޚިލާފަށް ކަމަށާއި އަދި އެ ފޮތްމަނާކުރިކުރުން ބަދަލުކުރުމަށްވެސް ރައީސަށް ޤާނޫނީ ލަފާ އަރުފާވައިވާ ކަމަށެވެ.
އިތުރު ތަފްޞީލަށްޓަކައި ޒިޔާރަށް ކުރައްވާނީ:
http://www.minivannews.com/news/news.php?id=4667
 

6 Comments »Filed under: developmentsPosted on July 3rd, 2008

ސަރުކާރުގެ އިސްރާފު ކުޑަކުރުމަށް ތިން ޑޮކްޓަރުން ގޮވާލައްވައިފި

c
 އޮޕަން ސޮސައިޓީ އެސޯސިއޭޝަން / މޯލްޑިވްސް ރިފޯރމް މޫވްމަންޓް
   މ.މާހި
   މާލެ،
 ދިވެހިރާއްޖެ
 
ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލް ޤައްޔޫމަށް،
 ވެދުން ސަލާމަށްފަހު ދަންނަވަމެވެ.
މިދުވަސްވަރަކީ، ދުނިޔޭގެ ބާޒާރުގައި ތެލާއި ކާބޯތަކެތީގެ އަގު މިއިން ޒަމާނަކުވެސް މައްޗަށް ނުދާހާ މިންވަރަކަށް މައްޗަށް ގޮސްފައިވާ ދުވަސްވަރަކަށްވާތީއާއި، ދިވެހި ސަރުކާރުވެސް ދުވަހަކުވެސް ދަރަނިވެރިވެފައިނުވާ މިންވަރަށް ދަރަނިވެރިވެފައިވާ ދުވަސްވަރަކަށްވާތީ، މިކަންކަމުގެ ސަބަބުން ޢާންމު ރައްޔިތުންނަށް ކުރިމަތިވަމުންދާ ހިތްދަތިކަމާއި، ވޭނާއި، ކެކުޅުމުން ސަލާމަތްކޮށް، ޤައުމަށް ކުރިމަތިވަމުން އަންނަ ތަދުމަޑުކަމުން ރައްޔިތުން ސަލާމަތްކޮށް، ދިވެހި އިޤްތިޞާދު ނެގެހެއްޓުމަށްޓަކައި ސަރުކާރުން […]

1 Comment »Filed under: developmentsPosted on June 30th, 2008

“އަޅުގަނޑާއި އަޅުގަނޑުގެ އެއްވެސް މުވައްޒަފަކު ދުވަހަކުވެސް ސިޔާސީ އެއްވެސް ޙަރަކާތެއްގައި ބައިވެރި ނުވާނެ” – ޤާސިމް އިބްރާހީމް

ތިރީގައި މިވަނީ ނޮވެމްބަރ 22 ވީ ދުވަހު 2004 އަލްފާޞިލް ޤާސިމް އިބްރާހީމް ރައީސަށް ފޮނުއްވި ސިޓީގެ ކޮޕީގެ ނަކަލު. މީގެ އަޞްލުގެ ކޮޕީއެއް ވަރަށް އަވަހަށް ގެނެސްދޭނެ ވާހަކަ ދެންނެވީމެވެ.
___________
މ.މާފަންނުވިލާ،
މާލެ – ދިވެހިރޢްޖެ.
 
ރައީސުލް ޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫނު ޢަބްދުލް ޤައްޔޫމުގެ މާތް އަރިއަހަށް
ވެދުން ސަލާމް ދެންނެވުމަށް ފަހު އަދަބުވެރިކަމާއެކު ދަންނަވަމެވެ.
އަޅުގަނޑު ޤާސިމު އިބްރާހީމް މިސިޓީ މަނިކުފާނުގެ އަރިއަހަށް މިލިޔަނީ ވަރަށް އަދަބުވެރިކަމާއެކު އަޅުގަނޑުގެ ހާލަތުގެ ވާހަކައިން ދަންނަވައި އަޅުގަޑަށް ދިމާވެ ފައިވާ މިބޮޑު މުސީބާތުން ސަލާމަތް […]

19 Comments »Filed under: developmentsPosted on June 28th, 2008