ރައީސްމައުމޫނުގެ ވެރިކަން ނިމުކަމަށް އައުމުގެ ކުރިން މިނިވަން މުސްތަޤިއްލު އޯޑިޓަރ ޖެނެރަލަކު ހަމަޖެހުމާއެކު ރައީސްއޮފީހުން އެމަނިކުފާނުގެ އޯޑަރަށް ނަހަމަގޮތުގައި އެތައް މިލިއަންރުފިޔާއެއް ހޭދަކޮށްފައި ހުރިކަން ހާމަވެ އެމަނިކުފާނު ރައްޔިތުންނަށް ވެފައިވާ ވަރަށް ބޮޑެތި ޚިޔާނާތަކެއް ބޭޒާރުވެއްޖެއެވެ. އޯޑިޓް ގާނޫން ފާސްވިތާ އަހަރެއްވީ އިރުވެސް އޯޑިޓަރ ޖެނެރަލަކު އިސްނުކޮށް އިސްމާޢީލް ފަތުހީ އެމަގާމުގައި ބަހައްޓައިގެން އުޅުނު ސަބަބު މިހާރު މި އެނގުނީއެވެ.
ތަފްޞީލް
ރާއްޖެއިން ބޭރުގައި ރައީސްމައުމޫނުގެ އެކައުންޓުތަކެއް ހުރިކަމަށް އެޗް އެފް އެމަށް ދެއްވި އިންޓަރވިއުއެއްގައި ވިދާޅުވެއްޖެއެވެ. އެމަނިކުފާނުގެ ވާހަކަފުޅުގައި ޔޫރަޕްގެ ގައުމުތަކުގައި ވެސް އެކައުންޓު ހުރިހަމަކަށާއި އެއެކައުންޓުތަކުގައި ފައިސާވެސް ހުންނާނެކަމަށް މައުމޫނު އަމިއްލަފުޅަށް އިއުތިރާފް ވެއްޖެއެވެ. ނަމަވެސް މިހާތަނަށްވެސް ޑީއާރުޕީއާއި ރައީސްގެ ތަރުޖަމާނު ބުނަމުންދިޔައީ އެމަނިކުފާނުގެ ނަމުގައި ބޭރުގައި އެއްވެސް އެކައުންޓެއް ހުޅުވިފައި ނުހުންނާނެ ކަމަށެވެ.
ތަފްސީލް
ރިޔާސީ އިންތިހާބު ދެވަނަ ބުރަކަށް ދާނެކަމަށް އިބްރާ ވަރަށް ކަށަވަރު ކަމާއެކު ވިދާޅުވެއްޖެއެވެ. މިހާރު ނެގޭ ހިޔާލު ހޯދުން ތަކަށް ބުރަވާއިރު ވެސް ފެންނަނީ މިއިންތިހާބުގެ ނަތީޖާ ފުރަތަމަބުރުން ނުނެރެވޭނެ ކަމަށެވެ. މިހެންވުމާއެކު އެމީހަކަށް ފެންނަ ކެންޑިޑޭޓަކަށް ވޯޓުލުމަކީ މައުމޫނު ވެރިކަމުން ދުރުކުރުމަށް އޮތް ހުރަހެއްނޫނެވެ. މައުމޫނު ފިޔަވާ އެހެން ކޮންމެ މީހަކަށް ވޯޓު ލިކަމުގައި ވިޔަސް އިންތިހާބުގެ ދެވަނަ ބުރަކަށް ދިއުމުގެ އެއްވެސް ފުރުޞަތެއް މައުމޫނަކަށް ނެތެވެ. އެހެންވީމާ ގައުމަށް އިސްލާޙް ގެންނަން ބޭނުންވާ ކޮންމެ […]
މިއަދުގެ ސިޔާސީ މައިދާނުގައި އެންމެ ގަދަވެފައިވާ އަޑަކީ ސިޔާސީ ޕާޓީތަކުގެ މޮޅުވާހަކައެކެވެ. ޕާޓީއަކާނުލާ ވެރިކަން ނުކުރެވޭނެ ވާހަކައެވެ. ޙުދުމުހްތާރު ވެރިކަން ނެތިކޮށްލެވެނީ ޕާޓީއިންކަމަށް ދެކެވޭ ވާހަކައެކެވެ. މިދުވަސްކޮޅު މީހުންގެ ސިކުނޑި ތަކާ ކުޅެލުމަށް ގިނަ މަސައްކަތްތަކެއް ދަނީ ކުރެވެމުންނެވެ. ޕާޓީ ސިސްޓަމަކީ ހުރިހާ ބައްޔަކަށް ބޭހެއް ކަމަށް ހީވާފަހަރުވެސް އެބައާދެއެވެ. މިހުރިހާ ވާހަކަތަކަކީ ވެސް ޙަޤީޤަތާ ވަރަށްދުރު ވާހަކަތަކެކެވެ. ރާއްޖޭގައި ހެދިފައިހުރި ޕާޓީތަކުން ފައިދާކުރަނީ އެޕަޓީއެއް ހެދި މީހަކަށެވެ. ނުވަތަ ބަޔަކަށެވެ. ރައްޔިތުންނަކަށް ނުވަތަ ގައުމަކަށްނޫނެވެ.
ދުނިޔޭގެ ގައުމުތަކަށް […]
އެއްވެސް ކެންޑިޑޭޓަކު ހުށަހަޅާފައިނުވާ ވަރުގެ ފުރިހަމަ މެނިފެސްޓޯއަކާއި އެތަންފީޒު ކުރާނެ ގޮތުގެ ޕްލޭނެއް ހުށަހެޅުއްވީ ޑރ.ޙަސަންސަޢީދު ކަމުގައި އެންމެންވެސް ޤަބޫލު ކުރެއެވެ. ޙަސަންސަޢީދު ގެ ވެރިކަމެއްގައި ދިވެހިން ޒަމާނުއްސުރެ އުޅެމުންދިޔަ މާތްވެގެންވާ އިސްލާމްދީން ޙިމާޔަތްކޮށް ދިވެހިންގެ އިސްލާމީ އަގީދާ ވަރުގަދަ ކުރުމަށް ވަރަށް ގިނަ ކަންތައްތަކެއް ވަނީ ރާވާފައެވެ. އަދި އެވާހަކަތައް ޑރ.ހަސަންސަޢީދުގެ މެނިސްޓޯގައި ކަޅާހުދުންވަނީ ބިންވަޅުނެގިފައެވެ.
އިސްލާމްދީން ހިމާޔަތް ކުރުމަށް ވަކި މިނިސްޓްރީއެއް ހައްދަވާނެ ކަމަށާއި، ދީނީ ޢިލްމުވެރިންގެ މައްޗަށް އެކުލެވޭ މުސްތަޤިއްލު ފަތުވާ ކައުންސިލެއް ޤާއިމްކުރައްވާ […]
ގައުމީ އެއްބައިވަންތަ ކަމުގެ ސަރުކާރަކީ ގިނަ ޕާޓީތަކާއި ގިނަ ބަޔަކު ޝާމިލުވާ ގިނަ ބަޔަކަށް ފުރުޞަތުލިބޭ ސަރުކާރެކެވެ. މިފަދަ ސަރުކާރެއް އެކުލަވާލުމަށް ހުށަހަޅުއްވާފައިވާ ކެންޑިޑޭޓަކީ ޑރ.ޙަސަންސަޢީދެވެ. އޭނާގެ ސަރުކާރެއްގައި ތިބޭނީ ވަކި ތަފާތު ޕާޓީތަކާއި ވަކިޕާޓީއަކަށް ނިސްބަތްނުވާ ތައުލީމީ ގާބިލު މީހުންނެވެ. އޭނާގެ ސިޔާސަތުތައް ތަންފީޒު ކުރެވޭފަދަ ޤާބިލް މީހުންނެވެ.
އެހެން ކެންޑިޑޭޓަކަށް އިންތިހާބު ކާމިޔާބު ކުރެވިއްޖެނަމަ ފުރަތަމަ އިސްކަން ދެވޭނީ އެމީހެއްގެ ޕާޓީގެ މަސްލަހަތު ހިމާޔަތްކުރުމަށެވެ. ސަރުކާރުގެ މަތީވަޒީފާތައް ލިބުމުގެ ފުރުޞަތުބޮޑީ އެންމެ ގާބިލުމީހުންނަށް އިސްކަންދިނުމުގެ […]
އާންމު ޖަލްސާތަކުގައި ކިތަންމެ ވަރަކަށް އެމްޑީޕީއާ ގުޅުމަށް ދައުވަތު ދެމުން ދިއަނަމަވެސް އަދި މިހާތަނަށްވެސް އެމްޑީޕީއާ ގުޅިގެން އިބްރާ ކުރަންވީ ކޮންކަމެއްކަން ހާމަކޮށްދެވިފައި ނެތް ކަމަށް އިބްރާ ވިދާޅުވެއްޖެއެވެ. އެބޭފުޅުންގެ ރަނިންމޭޓަކަށް އައުމަށްވެސް އަދި އިބްރާގެ ރަނިންގމޭޓުކަން އެބޭފުޅުންވެސް ގަބޫލުކުރައްވަން މިހާތަނަށްވެސް ހުށަހަޅުއްވާފައި ނުވާކަމަށް އިބްރާ ވިދާޅުވިއެވެ.
އިބްރާ ވިދާޅުވާ ގޮތުން އޭނާ އެމްޑީޕީގެ ރައީސަކަށް ހުރި އިރު ޕާޓީގެ ހިޔަނި މިނިސްޓަރަކަށް ހުރެފައި ޑރ.ވަހީދު ފުރައިގެން ދިޔައީ އެގޮތަށް އަމަލުނުކޮށް ގައުމު އިސްލާޙް ކުރުމަށް މަސައްކަތް […]
ރައީސްމައުމޫނަކީ މާޒީ ކަމަށާއި އެއްވެސް އާރެއްބާރެއް ތާއީދެއްނެތް މީހެއް މީހެއްކަމަށާއި ރައީސް މައުމޫނަކީ އެހާ ސީރިއަސް ކެންޑިޑޭޓެއް ނޫންކަމަށާއި އެމަނިކުފާނު ބަލިކޮށްލުމަށް ކޮންމެހެން އިއްތިހާދެއްވެސް ބޭނުން ނުވާކަމަށެވެ. އަދި އެމްޑީޕީއިން ރަނިންމޭޓަކަށް ނެރޭނީ އެމްޑީޕީގެ މެމްބަރެއް ކަމަށާއި އެމްޑީޕީގެ ތާއީދު ވަރަށް ބޮޑުކަމަށެވެ. ނަމަވެސް ހަމަ ހިނދުކޮޅެއްގެ ތެރޭގައި ހުރިހާކަމެއް އަނެއްއަތަށް ޖަހާފިއެވެ.
ރަނިންމޭޓަކަށް ނެގީ އެމްޑީޕީއަކީ ހަނގުރާމަ ވެރި ޖަމާޢަތެއްކަމަށް ބުނި ޑރ.ވަހީދެވެ. އެމްޑީޕީގެ ބަހުރުވައިން ނަމަ ފިލި ވަހީދެވެ. މިހާރު އެވަރެއްނެތެވެ.
މިހާރު މައުމޫނަކީ މާބޮޑު ވަރުގަދަ […]
ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ހަތްވަނަ ދައުރަކަށް ކުރިމަތިލައްވާ މައުމޫނު އަބްދުލްޤައްޔޫމްގެ ސަރުކާރުން ނުފުއްދަވާ ހުރި ގިނަ ވަޢުދުތަކެއް ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ ޑރ.ޙަސަންސަޢީދުގެ ކެމްޕޭނުޓީމުން ހާމަކޮށްފިއެވެ.
ކުރިއަށް އޮތް ފަސްއަހަރަށް މިލިއަންޑޮލަރުގެ އެތައް ވަޢުދުތަކެއް އަލަށް ވަމުންދާއިރު މިހާތަނަށް ކުރައްވާފައިވާ ވަރަށް އާދައިގެ ކުދިކުދި ވަޢުދުތަކަށް ދާންދެންވެސް ހުރީ ނުފުއްދި ކިޔޫގައެވެ.
ތަފްޞީލް
މައުމޫނު އަބްދުލް ޤައްޔޫމަށް ކެމްޕޭނު ކޮށްދިނުމަށް ލ.މާވަށަށް ގޮސްއުޅުނު ޑީއާރުޕީގެ މީޑިއާ ކޯޑިނޭޓަރ އަލީވަހީދަށް ލ.މާވަށުން ވަރަށް ހާލުގައި ޖައްސާ ރަށުން ބޭރުކޮށްލައިފިއެވެ. އާއުސްމިންތަކަށް ރާއްޖެ ގެންދިއުމަށް ހިންގާ ކެމްޕޭނަށް ވަރަށްބޮޑު ތަރުހީބެއް ލިބޭކަމަށް ޒައީމް މައުމޫނު ވިދާޅުވިނަމަވެސް މިހާތަނަށް ޑީއާރުޕީއަށް ދިމާވަމުންދަނީ ލަދުގަންނަން ޖެހޭފަދަ މިފަދަ ކަންތައްތަކެވެ.
ތަފްސީލް
އެމްޑީޕީގެ ކެމްޕޭނުގެ ހަރަކާތްތައް ރާވާ ހިންގުމުގައި އިސްކޮށް ހަރަކާތް ތެރިވަނީ އިނގިރޭސިވިލާތުގެ ކޮންޒަވޭޓިވް ޕާޓީއަށް ނިސްބަތްވާ އޮސްޓްރޭލިއާގެ ރައްޔިތެއް ކަމަށްވާ ޖޭމްސް މެގަރާތް ކަމަށް ޑީއާރުޕީއިން ތުހުމަތު ކޮށްފިއެވެ. އިނގިރޭސި ވިލާތުގެ ކޮންޒަރވޭޓިވް ޕާޓީއާއެކު އަބަދުވެސް ގޮތްނޭންގޭ ގުޅުންތަކެއް އޮންނަކަމަށް އެމްޑީޕީގެ މައްޗަށް ދަނީ ތުހުމަތު ކުރެވެމުންނެވެ.
ޑީއާރުޕީގެ ނިއުސްކޮންފަރެންސް ތަކުގައި އެމްޑީޕީއަށް އަމާޒުކޮށް ބޭރުގެ ފަރާތްތަކާ ގުޅުވައިގެން ބަހުގެ ހަމަލާތައް މީގެ ކުރިންވެސް ދިޔައީ ދެވެމުންނެވެ. ޖޭމްސް މެގަރާތުކިޔާ މީހެއްގެ އެހީ އެމްޑީޕީއިން ހޯދަމުންދާ ކަމަށް އެމްޑީޕީގެ […]
މައުމޫނަށް ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވޯޓު ނުލާންވީ ސަބަބުތައް ވަރަށް ގިނައެވެ.
1- ޑިމޮކްރަސީގެ ހަމަތަކުން އެއްވެސް މީހަކު ދެދައުރަށްވުރެ އިތުރަށް ވެރިކަން ކުރުމީ ޑިމޮކްރަސީއާ ޚިލާފު ކަމެއް ކަމަށް އަމިއްލައަށް 2004 ޖޫން 9 ވަނަ ދުވަހު އިއުލާން ކުރުމަށް ފަހު 7ވަނަ ދައުރަކަށް ޑިމޮކްރަސީގެ ރޫހާ ދިމާ އިދިކޮޅަށް ކުރިމަތިލުން
2 - ރައްޔިތުންނަށް އެތައް ފަހަރަކު ދޮގުހަދާ އޮޅުވާލުން، އަދި ކުށް ގަބޫލުކޮށް އެކަންކަމަށް މަޢާފަށް ނޭދުން
3- ދީނުގެ ޙުކުމްތައް އޮޅުވާލާ ކަނޑައެޅިގެން ކީރިތި […]
ޒައީމް މައުމޫނަކީ އާއުސްމިންތަކަށް ގައުމު ގެންދަން ރިޔާސީ އިންތިހާބަށް ކުރިމަތިލައިގެން އުޅޭ މީހެއްކަމަށް ވެއެވެ. ނަމަވެސް ކަންވަނީކީ އެހެންނެއް ނޫނެވެ. އަނަރޫފަ ތިރީސް އަހަރަށް ފަހު ގަދަ ފަސްއަހަރަށް ދާންބޭނުންވާ މީހަކު ގައުމަކު ނެތެވެ. ގަދަ ފަސްއަހަރުގައި ކަންކަން ވާނެގޮތް މާރަނގަޅަށް ރައްޔިތުންނަށް އެނގޭތީ މައުމޫނުގެ އަޑު އަހާކަށް ރައްޔިތުން ބޭނުމެއްނުވެއެވެ.
ތަސްމީނު މެމްބަރު ކަންކުރާ ބ.އަތޮޅުގެ ތުޅާދޫއިން ތަސްމީނު ފަހާލައިފިއެވެ. ވެލިޖަހާ ގަޔަށް ބޮލަށް އަރައިގެންނެވެ. މައުމޫނު ކުޑަހުވަދޫއިން ފަހާލައިފިއެވެ. މިވަރުންވެސް އެއްޗެއް ވިސްނޭކަށް ނޫޅެއެވެ. […]
އެހެންމީހުންގެ ތައްޕާހުން ކެމްޕޭނު ކުރުމީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި އެންމެ ބޮޑަށް ފެންނަމުންދާ މަންޒަރެވެ. ތިމާގެ ކެމްޕޭނުގައި ދައްކާނެ މާބޮޑު ވާހަކައެއް ނެތުމުން އެހެންމީހުން ބަދުނާމުކޮށް މޮޅު އެއްޗެއް ބުނެލައިގެން އެވާހަކަ މީޑިއާގެ ފަލަސުރުޚީއަށް އެރުވުމަކީ އެންމެ ގިނައިން ފެންނަ މަންޒަރެވެ.
މިހެން މިކަންހިނގަނީ ތިމަންގެ މެނިފެސްޓޯގައި ނުވަތަ ތިމަންނަ ގެ ޕާޓީގެ ސިޔާސަތު އޮތީ މިވެނި ގޮތަކަށޭބުނެލައިގެން މީޑިއާގެ މާބޮޑު އަޅާލުމެއް ނުލިބޭތީ ކަމަށްވެސް ވެދާނެއެވެ. އަބަދުވެސް ބުނެލާއަޑު އިވެނީ މިވެނި ކެންޑިޑޭޓަކީ ނުވަތަ […]
މިނިވަން މުސްތަޤިއްލު މުއައްސަސާތަކަކީ މައުމޫނުގެ ތިރީސް އަހަރުގެ ތާރީޚުގައި އެމަނިކުފާނު ދަންނަ އެއްޗެއްނޫނެވެ. އަދި މިނިވަން މުސްތަޤިއްލު މުއައްސަސާތަކަކީ އެމަނިކުފާނު ވަރަށް ޖެހިލުންވާ ތަންތަނެވެ. މިގޮތުން ހިއުމަން ރައިޓްސް ކަމިޝަނާއި ސިވިލްސާރވިސް ކަމިޝަން މިނިވަން ވުމާއެކު މައުމޫނުގެ ސަރުކާރާއެކު އެމުއައްސަސާތަކުން އަބަދު ޖެހިފައިއޮތީ ހަނގުރާމަ ކުރާށެވެ.
ސިވިލް ސާރވިސް ކަމިޝަނާއި ހިއުމަން ރައިޓްސް ކަމިޝަންގެ ތަޖުރިބާއަށް ބަލާ މައުމޫނު ގަސްދުކުރީ އޭނާގެ މުށުގެ ތެރެއަށް ސްޕްރީމް ކޯޓު ލުމަށެވެ. އެކަން މަޖިލީހުގައި ތިބި މައުމޫނުގެ ސަޕޯޓަރުންނާއި އެމްޑީޕީއާއި ޕީއޭގެ […]
ޑީއާރުޕީ ފަދަ ބައެއް ސިޔާސީޕާޓީ ތަކަށް ހީވެފައި މިއޮންނަނީ ކެންޕޭނު ކުރުމަކީ ފައިސާ ބެހުން ކަމަށެވެ. އެއީ މިހާތަނަށް އެމީހުން ކެމްޕޭނު ކުރަމުން އައީ އެގޮތަށް ކަމަށް ވާތީއެވެ. ތަސްމީނުވެސް ބ.އަތޮޅުގެ ގޮނޑި ކާމިޔާބު ކުރަމުން ދިޔައީ މިލިއަނުން ފައިސާ ބަހައިގެންނެވެ. މަޖިލީހުގައި އަނގައިން ބަހެއްނުބުނެ އެންމެ ގިނަ ދުވަހު މެމްބަރު ކަންކުރި މީހަކީ ތަސްމީނެވެ. އެކަމަކު އެ ގޮނޑިއަށް އިންތިހާބު ވުމަށް އެންމެ ގިނަ އަދަދަކަށް ފައިސާބަހާ އެކަކީ ޑީއާރުޕީގެ ނާއިބު ޒައީމު ތަސްމީނެވެ.
މިފަހަރު ޑީއާރުޕީގެ […]
ތިމާއަށް ނުކަތާ ވަރުގެ ވަޒީފާއެއް ލިބުމީ ބައެއްމީހުންނަށް ވަރަށް ދެރަގޮތްތައް ދިމާވާ ކަމެކެވެ. މިފަދަ ގޮތެއް ދިމާވެގެން އުޅޭ އެކަކީ މިހާރުގެ ރިޔާސީތަރުޖަމާނު މުންދޫދެވެ. އޭނާއަކީ ރައީސް އޮފީސް ތެރޭގައި އެއްވެސް ޒިންމާއެއް ނެތި ވައިވެގެން އުޅުނު މީހެކެވެ. މީނާ މީހަކަށް ހަދާދިނީ ޑރ.ޝަހީދެވެ. އެދުވަސް ކޮޅު ޝަހީދަށް ތަޢުރީފުކޮށް މިކަލޭގެ ދުލުން އަބަދުވެސް ދިޔައީ މަދަހަ ކިޔަމުންނެވެ. މުންދު އާއި އިންފޮމޭޝަން ނަޝީދު އާ މައްސަލަ ޖެހުނީވެސް ތިމާގެ ނެތްވަރު ދައްކައިގެން ނަޝީދުގެ ޒިންމާތަކުގެ ތެރެއަށް […]
ރިޔާސީ އިންތިހާބުގައި ޑރ.ޙަސަންސަޢީދަށް ވަރަށްގިނަ ބަޔަކު ދަނީ ތާއީދުކުރަމުންނެވެ. މިހެންވުމާއެކު އެމަނިކުފާނުގެ މެޖިކް ފޯމިއުލާ ތިޔަބޭފުޅުންނާ ޙިއްސާ ކޮށްލާނަވެ. އެމްޑީޕީއާއި ޑީއާރުޕީގެ ކެންޑިޑޭޓުންނަށް ހީވެގެން މިއުޅެނީ އެޕާޓީތަކުން ޙަސަންގެ އަގުވައްޓާލުމަށް ހަދަހަދައިގެން އެފަތުރާ ވާހަކަތަކުން ޙަސަންގެ ސަޕޯޓު ފަނޑުކޮށް ލެވޭނެ ކަމަށެވެ. ރިޔާސީ އިންތިހާބުގައި 6 ކެންޑިޑޭޓުން ވާދަކުރާއިރު ޑީއާރުޕީއަކަށް ވެސް އަދި އެމްޑީޕީކަށް ވެސް މިހާރު ދަނޑުމަތިން ޙަސަން ސަޢީދު ނޫން ކެންޑިޑޭޓެއް ނުފެނެއެވެ.
ޚާއްސަކޮށް ޑީއާރުޕީއިން ހަމަ އެކަނި ޙަސަނާއި ޝަހީދު ބަދުނާމު ކުރުމަށް ސިވިލް […]
އަމިއްލަގޮތުން ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ޑރ.ޙަސަން ސަޢީދު ގެ ކެމްޕޭން ވެބްސައިޓް އިފްތިތާހް ކުރެވިއްޖެއެވެ. ނަލަހިޔާ ހޮޓެލްގައި ބޭއްވި ރަސްމިއްޔާތެއްގައި ސައިޓް އިފްތިތާޙް ކޮށްދެއްވީ ޑރ.ޙަސަންސަޢީދެވެ. މި ރަސްމިއްޔާތުގައި ޙަސަން އެކުލަވާލައްވާ ޤައުމީ އެއްބައިވަންތަ ކަމުގެ ސަރުކާރެއް ކަމުގެ ވަޢުދު އާކުރެއްވިއެވެ. އަދި ސަރުކާރެއް އެކުލަވާ ލެއްވުމުގައި ސިޔާސީ ޕާޓީތަކަށް ދައުވަތު ދެއްވާނެކަމަށް ވިދާޅުވިއެވެ.މިރަސްމިއްޔާތުގައި ބައިވެރިންގެ ސުވާލުތަކަށް ޑރ.ޙަސަންސަޢީދާއި ރަނިންގމޭޓް ޑރ.ޝަހީދުވަނީ ޖަވާބުދެއްވާފައެވެ
ޙަސަންގެ ސައިޓަށް ޒިޔާރަތްކުރެއްވުމަށް މިލިންކަށް ކްލިކްކޮށްލައްވާ
ޑރ.ޙަސަންގެ ކާމިޔާބުގެ ފަހަތުގައިވަނީ އިޙްލާސްތެރިކަމެވެ. މިހާތަނަށް ޢަމަލާބަހުން ހާމަކޮށްދިން ހަރުދަނާކަމެވެ. ސާބިތުކަމާއެކު ގައުމަށް ހިދުމަތްކޮށް ދިނުމަށް ހުރި ނުގުޑާފަދަ އަޒުމެވެ
ތަފްސީލް
އަންނިއަކީ އެއްވެސް މީހެއްގެ ފަހަތަށް ޖެހޭނެ މީހެއްނޫނެއެވެ. އެހެންނޫންނަމަ އެމްޑީޕީގައި ރައީސަކު ހަރުލީހެވެ. އެމްޑީޕީ ގެ ފުރަތަމަ ރައީސް އިބްރާއާއި ދެވަނަ ރައީސް ޑރ. މުނައްވަރުގެ ފަހަތަކަށްވެސް އަންނިއަކަށް ނުޖެހެވުނެވެ. އަންނިގެ ހުވަފެނަކީ އަބަދުވެސް ރާއްޖޭގެ ވެރިކަމެކެވެ. އަންނި ބަންދުގައި ހުރި ދުވަސްވަރު އެމްޑީޕީއަކީ ވަރަށް ހަރުދަނާ ޕާޓީއަކަށް ވެއެވެ. އަންނި ދޫކޮށްލުމާއެކު ކޮންމެ ފަހަރަކުވެސް ޕާޓީތެރޭގައި ހަނގުރާމަ ފެށެއެވެ. މިވަރު މީހަކަށް ޖެހެވޭނީ ޙަސަންގެ ފަހަތަކަށް ވެސް ނޫނެވެ. އެއްވެސް ކަމެއްގައި އަންނިއަށް އިތުބާރު ކުރަން […]
ސަރުކާރުގެ އެކި މަޤާމުތަކުގައި މިހާރުވެސް މައުމޫނުގެ ދެފަރާތުގެ އާއިލާއަށް ނިސްބަތްވާ 44 މީހުން ތިއްބާ 45ވަނަ މީހެއްގެ ގޮތުގައި ޓޫރިޒަމް މިނިސްޓަރކަން ޔާމީނަށް ދީފިއެވެ. މިއިން ދޭހަކޮށްދެނީ ރައްޔިތުން ކިތަންމެ ވަރަކަށް އެކަމާ ކަންބޮޑުވި ނަމަވެސް މައުމޫނު ކަންކުރާނީ އޭނާ ބޭނުންވާ ގޮތަކަށް ކަމެކެވެ. މައުމޫނުގެ ސަރުކާރުން ކުޑަކޮށްވެސް ރައްޔިތުންނަށް އިޙްލާސްތެރި ނުވާނެކަމެވެ.
ރިޔާސީއިންތިހާބުގައި ވާދަކުރައްވާ ބޭފުޅުންގެ ތެރެއިން ޑރ.ޙަސަންސަޢީދު ވަރަށް ފާޅުގައި ގެންދަވަނީ އޭނާގެ ސަރުކާރެއްގައި ރައީސާއި ނާއިބުރައީސްގެ އާއިލާގެ އެއްވެސް މީހަކަށް ސަރުކާރުގެ ވަޒީރުކަމެއް ނުވަތަ […]
ކުރިއަށް އޮތް ރިޔާސީ އިންތިހާބު މާތްﷲގެ ވާގިފުޅާއެކު ކާމިޔާބު ކުރެވިއްޖެނަމަ އެކުލަވާލައްވާނީ ޤައުމީ އެއްބައިވަންތަ ކަމުގެ ސަރުކާރެއްކަމުގައި ޑރ.ޙަސަން ސަޢީދު ވިދާޅުވެއްޖެއެވެ. ރާއްޖޭގައި ތިބި އެންމެ ގާބިލު މީހުންއެކުލެވޭގޮތުން ސިޔާސީ ޕާޓީތަކަށްވެސް ފުރުޞަތު ލިބޭގޮތަށް މިފަދަ ސަރުކާރެއް އެކުލަވާ ލައްވަނީ މިވަގުތު ގައުމަށް ދިމާވެފައިވާ ބޮޑެތި މައްސަލަތަކަށް ޙައްލު ހޯދޭނީ އެފަދަ ސަރުކާރަކުން ކަމަށް ވާތީއެވެ. މިއަހަރުގެ ކުރީކޮޅު އިއްތިހާދުގެ ތެރެއިން މިފަދަ ސަރުކާރެއް އުފެއްދުމަށް އެއްކެންޑިޑޭޓަކު ނެރުމަށް ޕާޓީތައް އެއްގަލަކަށް އަރުވައިގެން ކުރި މަސައްކަތް ވެރިކަމުގެ […]
މައުމޫނު ވަޢުދު ނުފުއްދިޔަސް ރައްޔިތުންނަށް އެއްޗެއް ބުނެވެން ނޯންނާނެކަމަށް އިންފޮމޭޝަން މިނިސްޓަރ މުޙައްމަދު ނަޝީދު ޑީއާރުޕީގެ މާލަމެއްގައި މައުމޫނަށް ވައިއަޅުވުމަށްޓަކައި ބުނެފިއެވެ. ނަޝީދަކީ ކެބިނެޓުގައި މިވަގުތު ހުރި އެންމެ ޤާބިލު ޒުވާން ވަޒީރުކަމަށް ބައެއް ރައްޔިތުން ދެކޭތީ އެމަނިކުފާނު މިހާތަނަށް ބެލެވިފައިވަނީ ވައިއެޅުވުން ކުޑަ ޕްރޮފެޝަނަލް ކޮށް މަސައްކަތް ކުރައްވާ ބޭފުޅެއްގެ ގޮތުގައެވެ.
މައުމޫނުގެ ސަރުކާރުން ކުރަމުންދިޔަ ހަމަޔާ އިންސާފުން އެއްކިބާވެފައިވާ ގިނަ ކަންތައްތަކަށް އަމިއްލަ ބުލޮގުގައި ނަޝީދުވެސް ދިޔައީ ފާޅުގައި މައުމޫނަށާއި ޑީއާރުޕީއަށް ފާޑު ކިޔަމުންނެވެ. […]
1988 ވަނަ އަހަރުގެ ނޮވެމްބަރ 3 އަކީ އެތައް ދިވެހިންނެއް އެއްވެސް ކުށަކާނުލާ ޝަހީދުކޮށްލެވުނު ދުވަހެކެވެ. އެކަން ރޭވުނީ އެންމެ ބޭނުމަކުއެވެ. މައުމޫނުގެ ވެރިކަން ނިންމާލާ ވެރިކަން ބަދަލުކޮށްލުމަށެވެ. ކޮންމެ ފަދަ އަގެއް ދައްކައިގެން ނަމަވެސް މަގުޞަދަކަށް ވެފައިއޮތީ ރާއްޖޭގެ ވެރިކަން ހޯދުމެވެ. އެތައްބައެއްގެ ފުރާނަ ދުއްވާލި އަނިޔާވެރި މި ހާދިސާ ރޭވުމުގައި އަޑީގައިތިބީ ކެނެރީގެ އާއިލާއަށް ނިސްބަތްވާ ބައެކެވެ. އެއީ ދިވެހިން ދަންނަ ސިއްކަ އިސްމާޢީލް މަނިކު (ބޮޑުސިއްކަ) އެވެ. އޭނާއަކީ އަންނިގެ ބޮޑު ބޭބެއެވެ.
ނޮވެމްބަރ […]