ބޭނުންވަނީ މަޢުނަވީ ގޮތުގައި ޚަރަދު ކުޑަކުރުން
Print
E-Mail
މުސްރިފު
ސަރުކާރުގެ އޮފީސް ތަކުގެ %20 ޚަރަދު ކުޑަކުރުމަށް ވަޒީރުންގެ މަޖިލީހުން ވަނީ ލަފާދެއްވާފައެވެ. އަދި މިގޮތަށް ކަންކަން ކުރުމަށްވެސް ވަނީ ސަރުކާރުގެ ކަމާއި ބެހޭ ފަރާތްތަކަށް އަންގަވާފައެވެ. މިގޮތުގެ މަތިން ރަސްމީ ގަޑިތައް ފިޔަވާ އެހެނިހެން ގަޑިތަކުގައި އޮފީސްތައް ނުހުޅުވުން ހިމެނެއެވެ.
މިގޮތަށް ކަން ކުރުމުން ވަރަށްގިނަ ޢަދަދެއްގެ މުވައްޒަފުންނަށް ލިބޭ އިތުރުގަޑީގެ މުސާރައާއި ޢިނާޔަތުން އެފަދަ މީހުން މަޙުރޫމުވާނެއެވެ. ޢާންމުކޮށް ސަރުކާރުގެ މުވައްޒަފުން އެބައިމީހުންގެ ދިރިއުޅުމުގެ ކަންކަން އިންތިޒާމުކުރައްވަނީ އިތުރުގަޑީގެ ގޮތުގައި ލިބޭ އެއްޗެއްގެ މައްޗަށްވެސް ބަރޯސާ ކޮށްގެންނެވެ. އެހެންކަމުން އިތުރުގަޑީގެ ގޮތުގައި ލިބޭ އާމްދަނީ ކުއްލިގޮތަކަށް ހުއްޓުމަކަށް އައުމުން އެފަދަ ފަރާތްތަކަށް ނުހަނު ދަތިތަކާއި ކުރިމަތިލާންޖެހޭނެއެވެ. ވަކިން ޚާއްޞަކޮށް ބާޒާރުގެ އަގުތައް އިންތިހާއަށް މައްޗަށްގޮސް ބަރަކާތްތެރި ރަމްޞާން މަސް ކައިރިވަމުންދާ ދުވަސްވަރެއްގައެވެ.
ސަރުކާރުގެ އިސްރާފުތައް ކުޑަކުރަން ބޭނުން ނަމަ ރިޔާސީ ގަނޑުވަރަށް ދުވާލަކު ހޭދަވާ 500،000 ރުފިޔާ ކުޑަކުރައްވާށެވެ. ރައީސުގެ ބޮޑުވެފައިވާ ކުދިންނާއި، ކާފަދަރިންނަށް ސަރުކާރުގެ ޚަރަދުގައި ކުރާ ހޭދަ ހުއްޓާލައްވާށެވެ. ތީމުގޭގައި އޮންނަ 74 ކާރާއި، 11 ލޯންޗާއި، އަރުމާޒު ނީލަން ކިޔާށެވެ. ތީމުގެއިން މުލިޔާގެ އަށް ބަދަލުވާށެވެ. އަދި ތީމުގެ ދައުލަތަށް އާމްދަނީ ލިބޭގޮތެއްގައި ދޫކޮށްލައްވާށޭވެ. ތީމުގޭގައި މަސައްކަތްކުރާ 387 މުވައްޒަފުންނާއި، އެ މުވައްޒަފުން ނިދުމަށާއި ކެއުމަށާއި، މުސާރައަށް ދާ ޚަރަދާއި، އާ ރަށަށް ދާ ޚަރަދާއި، ބޭކާރު ވުޒާރާތަކާއި، ވަޒީރުންނާއި، އެމްބެސީތަކާއި، ސަފީރުން މަޤާމުން ވަކިކުރުމުން ސަރުކާރުން ކުރާ ބޭކާރު ހޭދަތައް ކުޑަކުރެވޭނެއެވެ. އަދި ހަމަ އެހެންމެ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފޮރުވާފައިވާ ފައިސާތައް އަނބުރާ ޤައުމަށް ގެނައުމުން ދައުލަތުގެ ރިޒަރވު އިތުރުވާނެވެސް މެއެވެ.
Related Posts
4 Responses to “ބޭނުންވަނީ މަޢުނަވީ ގޮތުގައި ޚަރަދު ކުޑަކުރުން”
Trackbacks
Leave a Reply
Print
E-Mail

























thikameh hamahilaa ne nukuraane,ithurah ebey ebalanee aharemen faqeeru kohlaa nikamethi kuran,mifadha kankan badhalu kureveynee magumathee harakaathun,
އާޒިމާ ޝުކޫރު ތީމުގޭގައި ތުއްޕުޅު ބޭފުޅުން ކީރިތި ކުރެއްވިވާހަކަ ބުނުމަކީ އެކަންބުލޭގެ އޭޖީ ކަމައް ކުފޫހަމަނުވާކަން ދައްކުވައިދޭކަމެއް،އެހެނީ ރައީސް މައުމުނުގެ އުމުރުން އަށާރަ އަހަރު ނުފުރޭ ކުއްޖަކު ނެއްކަން ހުރިހާ ގޮތަކުން އެންގޭއިރު ތީމުގޭގައި ތުއްޕުޅު ބޭފުޅުން އުޅުމަކީ ޤާނޫނީ ގޮތުން ކުރެވޭ ބޮޑުކުށެއް އިސްރާފެއް/ ތީމުގޭގައި އުޅޭނީ ރައީސްގެ ދެކަބަލުން އެނުން ބަޔަކު އެގޭގައި އުޅެންނާ،ދިވެހި އެހެން ތުއްތުކުދިންނައް ވެސް އެގޭއިން ޗާންސް ދެވެންޖެހޭނެ ދިރިއުޅެން؟ މުސްރިފު
saaaaaaaaaaaaaaaaaaaaaaaaaaaaabas
tuppulhu dharinney kiyaairu ladhunugannakan,reygadu furamendhamu adduatholhugaeygeah AK47 hifaigenaisvadhe thuppulhu kudhinthah nagaahooraajahaafa ekudhinge bappaingengos jalah galhaali iru eaailaathakaai ekudhinge hagguveekonthaakuthoa?aazima menkahala beyfulhun magaamahtakaa evaahakathah dhakkavaairu nikan raiyyathunge kurimahchah nikumevadigen ehenvdhaalhuveballava. migaumuge komme meehakee migaumaamedhu visnavaafa migaumah ragalhugoiy hoadhaadheynjeheynemeeheh.