މަޢުމޫނަކީ، ދޯހަޅި ސިޔާސަތުގެ މައްޗަށް ދިވެހި ދަޢުލަތް ޙަރާބުކޮށް ލެއްވި ބޭފުޅެކެވެ


Print Print E-Mail E-Mail

ސިޔާސީ މުރުޝިދު،

 މިއަދު ދިވެހި ލޮބުވެތި ރައްޔިތުންނަށް އެއްވެސް، އެއްޗެއް އެބަ ވިސްނޭ ހެއްޔެވެ؟ ހަޤީޤަތަކީ، ވޭތުވެދިޔަ 29 އަހަރު ދިވެހި ދަޢުލަތް ހިންގެވި ދޯހަޅި ސިޔާސަތުގެ ހުސްކަން މިއޮތީ މިއަދު ޤަޢުމަށް ކުރިމަތި ވެފައެވެ. އިޤްތިސާދީ ކަންކަމުގެ މައްޗަށް ވެދިޔަތަނުން ކުށްތައް ނުފެނުނީ، މަޢުމޫނު މަނިޓަރީ އޮތޯރިޓީގެ ޤަވަރުނަރުގެ ހައިސިއްޔަތުން ދައުލަތުގެ ބަޖެޓް މަޖުލީހަށް ހުށަހެޅުމުގެ އުސޫލު އޭރު އޮތީމައެވެ. ޤައުމުގެ އިޤުތިސާދީ އަދި ސިޔާސީ ކަންކަމުގައި ހުރި މައްސަލަތައް ފެންމަތި ނުވީ އެހެންވެގެންނެވެ. ދަންނަވަން މިއުޅޭ އެއްޗަކީ، މީގެ ކުރިންވެސް، ރާއްޖޭގެ އިޤުތިސާދީ އަދި ސިޔާސީ ކަންކަމުގައި މައްސަލަތައް ހުއްޓެވެ. މިނިސްޓްރީ އޮފް ފިނޭންސުން ސިފައިންގެ އިސްވެރިންނަށާއި، ތިމާގެ މީހުންނާއި ޅިޔަނުންނާއި، މަޖުލިސް މެންބަރުންނާއި، އަތޮޅުތަކުގެ އަތޮޅު ވެރިންނަށް ތިމާއަށް ފެންނަ އަދަދަކަށް ފައިސާގެ ލޯނު ދެއްވި އިރު، މިފައިސާއަކީ، ދިވެހި ރައްޔިތުންގެ މާލިއްޔާކަން އެނގިވަޑައިގަތްތޯއެވެ. އެއިރު، މިފަދަ މައްސަލަތައް ފެންމަތި ނުވީ، ދަޢުލަތުގެ ހުރިހާ ބާރެއް މަޢުމޫނު އަތްޕުޅުގައި އޮތީމައެވެ. މިއަދު ޤައުމުގައި ތަފާތު މައްސަލަތައް ފެންމަތިވީ، ޑިމޮކްރަސީގެ ހަރުދަނާ އުސޫލުތައް ޤައުމުގެ މައި ދޮރާއްޓަށް ޓަކިދިނީއެވެ. ޑިމޮކްރަސީގެ މަތިވެރި އުސޫލުތައް މިފަދަ، ކަންކަން އޮރިޔާން ކުރީއެވެ. ޤައުމީ ތަރައްޤީއަށް މަކަރު ހެދުމުގެ ސުމްޕާކަން މިއަދު މިއޮތީ ޤައުމަށް ފާވެފައެވެ. ޤަޢުމުގެ އިޤްތިސާދީ ކަންކަމުގައި އޮތް ހުސްކަން ޢާއްމު ގިނަ ރައްޔިތުން ނަކަށް ސިފަ ނުކުރެވެއެވެ. ސަބަބަކީ، ދަޢުލަތުގެ މީޑިއާ އަބަދުވެސް، ހަރަކާތްތެރިވީ، ސަރުކާރު ތަމްސީލުކޮށް ދިނުމުގައެވެ. ދިވެހި ސަރުކާރުގެ ހުރި އުނިކަންތައްތައް ހާމަ ކޮށްދިން މީޑިއާއެއް ނެތެވެ. ތަކުރާރުކޮށް، ކާފިޔާ ހަމަކޮށް، ދަޢުލަތުގެ މީޑިއާއިން ރައްޔިތުންނަށް އަންގާދިނީ، ޤަޢުމު ތަރައްޤީ ވަމުންދާ ވާހަކައެވެ. ކުރަހަމުން ރާވަމުންދާ ވާހަކައެވެ.

ނަމެއްގައި ހެލްތް ޕޯސްޓްތައް ރާއްޖޭގެ ކަންކޮޅު ތަކުގައި ހުއްޓަސް، އެއީ، ޢިމާރާތްތަކެވެ. ސްކޫލްތައް ހުއްޓަސް، އެއީ، ހުސް ޢިމާރާތްތަކެވެ. ރާއްޖޭގެ އަތޮޅުތަކަށް ފުޅާ ކުރެއްވި ސިނާޢީ މަސައްކަތަކީ، ކޮބާހެއްޔެވެ؟ އައްޑޫ އަތޮޅު ގަމަށް އިނގިރޭސިން ދޫކޮށްދިޔަ އިންފްރާސްޓްރަކްޗަރުގެ ބޭނުން ހެޔޮގޮތުގައި ހިފަންނޭގުނު ސަރުކާރަކަށް ކުރަން އެނގޭނީ ކޮންކަމެއް ހެއްޔެވެ؟ ހަރުދަނާ ސިޔާސަތެއް ނެތުމުގެ ސަބަބުން ޤައުމުން ފުނޑު ފުނޑުވެ ދިޔައީ މިކަހަލަ ކިތަންމެ ކަންކަމެވެ. މިޙަޤީޤަތް ބަޔަކަށް ޤަބޫލު ކުރެވޭނީ، ރާއްޖޭގެ ކަންކޮޅުތަކަށް ޒިޔާރަތް ކުރުމުންނެވެ. އިޤްތިސާދާއި މެދު ވިސްނާ ބަޔަކަށެވެ. އިންސާނުންގެ އަސާސީ ބޭނުންތައް ކިރިޔާ ފުއްދެން އޮތީ މާލެ އިންނެވެ. މިއީ، ޙަޤީޤަތެވެ. މިޙަޤީޤަތް ރައްޔިތުންނަށް ރޭކާލީވެސް، ޤައުމަށް ގެންނަންޖެހޭ، އިސްލާޙުތަކުގެ ވާހަކަ ބަޔަކު ދެއްކުމުންނެވެ. އެހެންމެ އިޤުތިޞާދީ ދުޅަ ހެޔޮކަމެއް ނެތްކަން ރައްޔިތުންނަށް އެނގުނީ، 2004 ވަނަ އަހަރު ރާއްޖެއަށް ސުނާމީ އެރުމާއި، ގުޅިގެން އިންފްލޭޝަން ފެންމަތި ވުމުންނެވެ. ޙާއްސަކޮށް، ގޯތި ގެދޮރުގެ މައްޗަށެވެ. އިޤްތިސާދީ މާހިރުން ވިދާޅުވާ ގޮތުގައި އިންފްލޭޝަން މަތިވަނީ، ޑިމާންޑާއި އެއްވަރަށް ކާބޯ ތަކެއްޗާއި، އެހެނިހެން ސާމާނުތައް ސަޕްލައި ނުވުމެވެ. ނުވަތަ ލިބުން ދަތިވުމެވެ. ރާއްޖޭގެ އުތުރާއި، ދެކުނުފަޅުވެ މުޅި ރާއްޖޭގެ ރައްޔިތުންގެ ދިރިއުޅުން މާލެ އަށް ހިޖުރަކުރަން ޖެހުމުގެ ނަތީޖާ މި އޮތީ ފެންނާށެވެ. ދަޢުލަތުގެ މާލިއްޔާއަށް ނުކަތާ ވަރަށް ދަޢުލަތުގެ މުޢައްޒަފުންގެ މުސާރަ ބޮޑު ކުރަން ޖެހުނީ، ރާއްޖޭގެ އެންމެހާ ރައްޔިތުން އެންމެ ރަށެއްގައި އުޅެން ޖެހުމުގެ ސަބަބުންނެވެ. އަދި ސިޔާސީ މަޤްސަދަށްޓަކައެވެ. މާލޭގެ ގޯތި ގެދޮރުގެ އިންފްލޭޝަން މައްޗަށް ޖެހުމެވެ. ލާމަރުކަޒީ އުސޫލުން ޤައުމުގެ ތަރައްޤީ ގެންދެވުނު ނަމަ، މިމައްސަލަ ކުރިމަތި ނުވީހެވެ. “ރައީސް މައުމޫނެވެ! ސަރުކާރު ހިންގަވަން ދަސް ކުރައްވާށެވެ.” ދުނިޔޭގެ މީހުން ސަރުކާރު ހިންގަނީ، މަދު މުއައްޒަފުން ބޭނުންކޮށް ގެންނެވެ. ޤައުމުގެ އިޤްތިސާދު ވަޅު ޖެހުމުން ދާ ދުވަސް ވަރެއްގައި ސީނިއަރ މިނިސްޓަރުންނާއި، ސްޓޭޓް މިނިސްޓަރުންނާއި ދަޢުލަތް ހިންގުމަށް ކޮންމެހެން ބޭނުންވާ މަޤާމުތަކުގެ އިތުރަށް ސަރުކާރުގެ މަޤާމްތައް އިތުރު ކުރުމަކީ، ދަޢުލަތުގެ މާލީ ޙަރަދުތައް ބޮޑުވުމާއި، ދަޢުލަތުގެ ބަޖެޓް ޑެފިސެޓްވުމެވެ. ރައީސް މަޢުމޫނެވެ. ޤައުމުގައި ވަޒީފާތައް އިތުރުކުރަނީ، ސިނާޢީ މަސައްކަތް އިތުރުކޮށްގެންނެވެ.

ރައީސް މަޢުމޫނެވެ! މިޤައުމަށް ބޭރުފައިސާ ވަންނަން ފެށީ މަނިކުފާނުގެ ޒަޢާމަތުގައެވެ. ވޭތުވެދިޔަ 29 އަހަރު ރާއްޖެއަށް ލިބުނު ފައިސާގެ ތެރެއިން އަހަރަކު ދަޢުލަތައް ލިބޭ ފައިސާގެ ތެރެއިން ތިންބައި ކުޅަ ދެބައި ފައިސާ އަށް ވާނުވާނޭނގެއެވެ. ކޮރަޕްޝަނަށް ގޮސް ހުސްވެއެވެ. ނަތީޖާއަކަށްވީ، ސަރުކާރުން ޤައުމުގެ ތަރައްޤީއަށްޓަކާ، ކުރަންޖެހޭ، ވަރަށް ގިނަގުނަ މަސައްކަތްތައް ނުކުރެވި ހުރެއެވެ. ކަންއޮތީ މިހެންކަމުން ސަރުކާރަށް މަޖުބޫރު ވަނީ، ދަޢުލަތައް ލިބޭ ޢާމްދަނީ، އިތުރު ކުރުމުގެ ގޮތުން ރިޒޯޓްތައް އެންމެ މަތީ ބިޑް ހުށަހަޅާ ފަރާތްތަކަށް ކުއްޔަށް ދިނުމެވެ. މިއުސޫލަކީ، މަނިކުފާނުގެ ޒަޢާމަތުގައި މާޒީވެ ދިޔަ 20 އަހަރު ތެރޭގައި މެދު ނުކެނޑި ހިނގަމުން އަންނަ އާދައެކެވެ. މިކަމުގެ ސަބަބުން ރިޒޯޓްތައް ހިންގާ ފަރާތްތަކަށް މަޖުބޫރުވީ، ހުރިހާ ރިޒޯޓްތަކެއް ފައިވް ސްޓާރ ފެންވަރަށް މަތިކުރުމެވެ. އެގޮތުން ފުލްބޯޑް ބޭސިސްއަށް އެނދުވިއްކާ އަގަކީ، 500 ޔޫއެސް ޑޮލަރާއި، 2000 ޔޫއެސް ޑޮލަރާއި، ދެމެދުގެ އަގުތަކަށް ރާއްޖޭގެ ރިޒޯޓްތަކުގެ އެނދުގެ އަގު މައްޗަށް ޖެހުމެވެ. މިކަމުގެ ސަބަބުން ކުރިން އެއްމަސް ދުވަސް، ރާއްޖޭގައި ހޭދަކުރި ގެސްޓުމީހާ މިހާރު ރާއްޖޭގައި ހޭދަ ކުރަނީ، 15 ދުވަހެވެ. މިއަދު ވިސްނަންވީ ހަރުދަނާ ސިޔާސަތެއް ނެތި ޤައުމުގެ ޓޫރިޒަމްގެ މުސްތަޤުބަލު ބަނަވެފައިވާ ކަމެވެ. މެދު ފަންތީގެ ގެސްޓުންނަކަށް މިޤަޢުމުން ޖާގައެއް ނެތެވެ. ރާއްޖޭގައި އެންމެ ގިނަދުވަސްވީ، ޓްރެވަލް އެޖެންޓް މަންޓާ ރައިޒަންގެ ވެރިޔާ މެލޮނީ ވިދާޅުވީ، ކުރިމަގުގައި ރާއްޖޭގެ ޓޫރިޒަމަށް އޮތް އެންމެ ބޮޑު ގޮންޖެހުންތަކަކީ، ރާއްޖޭގައި ތިރީސްޓާ އަދި ފޯސްޓާ ރިޒޯޓްތައް ނެތުމެވެ.

ރައީސް މައުމޫނެވެ! މަނިކުފާނުގެ އެއްވެސް، ސިޔާސަތެއްގައި، ދެމެހެއްޓެނިވި، ފިކުރެއްނެތެވެ. 17 އަހަރުން އެކަށައެޅި ނަމޫނާ ގާނޫނު އަސާސީ އެކަށަ އެޅުއްވީ މަނިކުފާނުގެ އަމިއްލަ މަސްލަހަތައް ތަންދީ ގެންނެވެ. އެކަން މިއޮތީ ސާބިތުވެ ނިމިފައެވެ. ގާނޫނު އަސާސީ އިސްލާހު ކުރުމުގައިވެސް، ރައްޔިތުންގެ މަޖުލިސް މެންބަރުން ނަށް ވެސް މިނިވަން މުސްތަގިއްލު ބާރެއްނެތެވެ. މަނިކުފާނުގެ ނުފޫޒު އޮތީ ގާނޫނު މުގުރާފައެވެ. ނަމޫނާ ގާނޫނު އަސާސީ އިސްލާހުކުރަން ޖެހުނީ، އެ އަސާސީ ދިވެހި ރައްޔިތުން ގަބޫލު ނުކުރާތީއެވެ. ވީއިރު، މިއަދު ފާސްކޮށް ނިމިފައިވާ ގާނޫނު އަސާސީ ތަސްދީގު ކުރުން ލަސްކުރުމަކީ، ކަނޑަ އެޅިގެން ދިވެހި ރައްޔިތުންގެ ވިންދާއި ކުޅުމެވެ. ނުވަތަ ޤާނޫނު އަސާސީ ތސްދީޤު ކުރުން ލަސްކުރުމަކީ، މުޅި އުއްމަތް ހަމަނުޖެހުން ތަކެއްގެ ތެރެއަށް ވައްޓާލުމެވެ. ނުވަތަ ކުރީގެ އަސާސީއަށް ހަވާލާދީ ފާސްވެފައިވާ ޤާނޫނު އަސާސީ ލަސްކުރުމަކީ، ކަނޑަ އެޅިގެން އިސްލާޙުކޮށްފައިވާ ގާނޫނު އަސާސީން ރައްޔިތުންނަށް ލިބިދޭންޖެހޭ، ސިޔާސީ ހައްގުތަކުގެ މައްޗަށް އުނިކަން ލިބުމެވެ. ނުވަތަ ގާނޫނު އަސާސީގެ މައްޗަށް މަގު އޮޅުވުމެވެ. ރައީސް މައުމޫނެވެ! މިހާރު ޢަމަލު ކުރަމުންދާ ޤާނޫނު އަސާސީގެ 79 މާއްދާގައި ވާގޮތުން މަޖުލީހުން ފާސްވާ ކޮންމެ ބިލެއް އެބިލެއް ފާސްވާތާ 7 ދުވަހުގެ ތެރޭގައި ރައީސުލްޖުމްޙޫރިއްޔާ ތަސްދީޤު ކުރުމަށްޓަކާ، އެބިލެއް ފޮނުވަން ޖެހެއެވެ. އެއީ، ޤާނޫނު ހަދާ މަޖުލީހުގެ ރައީސްގެ ޤާނޫނީ ވާޖިބެކެވެ. އަދި ރައީސުލްޖުމްހޫރިއްޔާއަށް އެ ބިލެއް ލިބޭތާ 30 ދުވަހުގެ ތެރޭގައި އެބިލެއް ތަސްދީގު ކުރަން ޖެހެއެވެ. ނުވަތަ އެބިލަށް ގެންނަން ފެންނަ އިސްލާޙަކާ މެދު އަލުން ވިސްނުމަށް، އެ މުއްދަތުގެ ތެރޭގައި ރައްޔިތުންގެ މަޖުލީހަށް ފޮނުވަން ވާނެއެވެ. އެގޮތުން ޤާނޫނީ މާއްދާތައް 30 ދުވަހުގެ ތެރޭގައި ތަސްދީޤު ކުރުން ނުވަތަ އިސްލާހަކާއެކު އަލުން ވިސްނުމަށް އެބިލެއް މަޖުލީހަށް ފޮނުވުމަކީ، ޤާނޫނީ ގޮތުން ރައީސުލްޖުމްހޫރިއްޔާ ޢަދާކުރަންޖެހޭ، ޤާނޫނީ ވާޖިބެކެވެ. މިއުސޫލުން ބަލާއިރު، މިހާރު އިސްލާޙު ކުރަމުންދާ ޤާނޫނު އަސާސީގެ %95 މާއްދާތައް ހުންނާނީ ޤާނޫނީ ގޮތުން ތަސްދީޤު ވެފައެވެ. އެހެންކަމުން ތަސްދީޤު ކުރުމުގެ މައްޗަށް ރައީސުލްޖުމްހޫރިއްޔާ އަށް ހެއްދެވޭނެ އެއްވެސް ހިންތާއެއްނެތެވެ.

ރައީސް މަޢުމޫނެވެ! ޤާނޫނު ތަސްދީގުކުރުމުގެ ހިކުމަތަކީ، ރައީސަކަށް އިންނަވާ ބޭފުޅަކުގެ އަމިއްލަ މަސްލަޙަތު ނިޔާކުރާ ގޮތެއް ޤާނޫނު ތަސްދީޤު ކުރުމެއް ނޫނެވެ. ޙަޤީޤީ މަގްޞަދަކީ، މުޅި އުއްމަތައް ހެވާއި ލާބަ އެދި ޤާނޫނީ މާއްދާތައް ތަސްދީޤުކުރުމެވެ. ނުވަތަ ޤައުމަށްޓަކާ އިޙުލާސްތެރި އިސްލާހުތަކާއެކު، އެބިލެއް އަނބުރާ މަޖުލީހަށް ފޮނުވުމެވެ. ތަސްދީޤު ކުރުމަކީ، ރައީސުލްޖުމްހޫރިއްޔާ ޤާނޫނީ މާއްދާތަކުގެ މައްޗަށް ރުހޭތޯ ބެލުމެއް ނޫނެވެ. ތަސްދީޤު ކުރުން ލަސްކުރުމަކީ، ރައީސަށް ލިބިގެންވާ ޤާނޫނީ ބާރެއްނޫނެވެ. ސިޔާސީ ހިކުމަތުގެ މައްޗަށް ވިސްނާއިރު، އެއީ އަވަސް ކުރަން ޖެހޭކަމެކެވެ. އެހެނީ، ގާނޫނު އަސާސީ އަވަސް ފުރުސަތެއްގައި ތަސްދީގުކޮށް، ގާނޫނު އަސާސީގެ ރޫޚާއި އެއްގޮތައް އެ އަސާސީގެ މައްޗަށް ވެރިކަން ބަދަލުކޮށް، ދަޢުލަތް ހިންގުމީ ގާނޫނު ލާޒިމްކުރާ ކަމެކެވެ. ސަބަބަކީ، މުޅި ޤައުމު ނަޢަރާ ކުރަމުން ދަނީ، ޤައުމަށް ޑިމޮކްރަސީ ގެނައުމަށްޓަކައެވެ. ހަޤީގަތުގައި މިރާއްޖެ ފަދަ، އެއްދީނެއްގެ އެއްސަޤާފަތެއްގެ އަދި ނަސްލީ ގޮތުން ތަފާތުތަކެއް ނެތް ޤައުމެއްގައި ތަސްދީޤު ކުރުމުގެ އުސޫލު އޮންނާކަށްވެސް، ނުޖެހެއެވެ. ސަބަބަކީ، ޤާނޫނު ތަސްދީޤް ކުރަނީ ފެޑްރާޝަން އޮންނަ ޤައުމު ތަކުގައެވެ. ނުވަތަ ތަފާތު ދީންތައް ހިއްސާކުރާ އަދި ނަސްލީ ގޮތުން ތަފާތުތައް އޮންނަ ޤައުމުތަކުގައެވެ.

މިއަދު ދިވެހި ރައްޔިތުންގެ މެދުގައި އޮތް އެންމެ ބޮޑު ދެ މައްސަލައަކީ، ޤާނޫނު އަސާސީ ތަސްދީޤު ކުރުމާއި، އިސްލާޙު ކުރެވުނު ޤާނޫނު އަސާސީގެ ދަށުން ދިވެހި ދަޢުލަތް ހިނގާ ދޭނެ ރަނގަޅު ބަޔަކާއި މެދުގައެވެ. ރާއްޖޭގެ ލޮބުވެތި ރައްޔިތުން ކަންބޮޑުނުވާށެވެ! ދިވެހި ދަޢުލަތް ހިންގުމަށްޓަކައި، ވަރަށް ޤާބިލް ބޭބޭފުޅުން އެބަ ތިއްބެވިއެވެ. ރައީސް މަޢުމޫނު ދިވެހި ދަޢުލަތް ހިންގެވި ދޯހަޅި ސިޔާސަތުގެ ހުސްކަން ޤައުމު ތަޖުރިބާ ކޮށްފިއެވެ. މިއަދު ދިވެހި ދަޢުލަތް ހިންގުމުގެ ބުރަ މަސްޢޫލިއްޔަތު އުފުލަން ޖެހޭނީ، ޤައުމުގައި ތިބި ތަޢުލީމީ ގޮތުން އެންމެ ފުންނާބު އުސް ބަޔެކެވެ. ޠަބިއްޔަތުގައި ޢަދުލު ވެރިކަމާއި، އިންސާފަށް ލޯބި ކުރުމުގެ ސިފަ ޤުދުރަތުން ދެއްވި ބަޔެކެވެ. ދިވެހި ރާއްޖެއަކީ، އިސްލާމީ ޤައުމެކެވެ. މިޤައުމުގެ ވެރިކަމާއި، އެންމެ ބޮޑަށް ކުފޫ ހަމަވަނީ، ދީނީ ޢިލްމު ވެރިކަމާއި، ދުނިޔެވީ ޢިލްމު ލިބި ވަޑައިގެން ހުންނެވި އެންމެ ކުށްމަދު ބޭފުޅެކެވެ. އެގޮތުން މިވަގުތު ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ މަޤާމަށް ކުރިމަތި ލައްވާނެ ކަމަށް އަޑުއިވޭ ބޭބޭފުޅުންނަށް ނަޒަރު ހިންގާއިރު، އަޅުގަނޑުގެ ނަޒަރުގައި ޑރ. ޙަސަން ސަޢީދަށްވުރެ، މިމަޤާމަށް އެކަށީގެންވާ ބޭފުޅަކުނެތެވެ. އެހެނީ، އެ މަނިކުފާނާއިއެކު، އެމަނިކުފާނު ފަދަ، ޤާބިލް އެތައް ބޭބޭފުޅުން އެބަ ތިއްބެވިއެވެ. ދާދި އަވަހަށް ޑރ. ޙަސަން ސަޢީދު އެކަން ޙާމަކޮށް ދެއްވާނެއެވެ. ﷲ ތަޢާލާ މަޢުމޫނުގެ މަކަރުވެރި ވަކިތަކުން މިޤައުމާއި، ރައްޔިތުން ސަލާމަތް ކުރައްވާދޭވެ!

 

Related Posts

6 Responses to “މަޢުމޫނަކީ، ދޯހަޅި ސިޔާސަތުގެ މައްޗަށް ދިވެހި ދަޢުލަތް ޙަރާބުކޮށް ލެއްވި ބޭފުޅެކެވެ”

  1. We all have seen the Kasotee, maumoon and his tyrants show us their cruel faces in during this whole process and we know Maumoon didn’t do well and he will not do well and no word to sincerity so its time gayyoom should now realize this poor maldivians do understand Gayyoom is no longer to be as a our president.

    We will Vote for the Change and will vote for Hassan as next president.

    Insha Allah

  2. ޤާނޫނު އަސާސީގެ ދަށުން ބާތިލްވާ ޤަވާއިދެއްގެ ބާރުހޯދަން ޤާނުތަކެއް ހެދޭނީ ކޮންގޮތަކުންބާ؟ ނިޝިދު މިދައްކަވަނީ ކޮންކަހަލަ ވާހަކަފުޅެއްބާ؟ ޤާނޫނު އަސާސީގެ ދަށުން މަންށުހުވާ އެއްޗެއްސަ އަލުން އަމަލު ކުރާނެ ޤާނޫނެއް ހެދުން؟ މިކިޔަނީ ކީކޭބާ؟

  3. ނަށީދު މީ މޮޔަގޮވާ ކުޑަކުއްޖެ ނޫންބާ؟ ޤާނޫނީ އެއްވެސް އޮރޮއްޕެ ހިރި މީހެނެއް ހީޔެއް ނޫވޭ؟ މީނަ ދައްކަނީ ކުޑަކުދިން ދައްކާ ކަހަލަ ވާހަކަ؟ ބަލަ މަންސޫޙު ވާއެއްޗަކައް އަލުން އަމަލު ކުރެވޭނެ ޤާނޫނު ތަކެއް ހެދުމަކީ ކޮންތާކު ކޮންޤައުމެއްގައި ކުރާކަމެއްތޯ؟ ބަލަ މޮޔަ ނަޝިދު ހޭލާކައް ނުވޭތަ؟ ނާސިޙު މަންސޫޚު ކިޔަވަން ކޮންމެސް ޔުނީއަކައް ދާންވީނުންތޯ؟ ބަލާ

  4. ރީކޯ އިބްރާހިމް މަނިކު ދައްކާ ވާހަކަ ދޯ! އެމްޑީޕީ މީހުން އައްޑޫ ގަން އިގިރޭސިންނައް ދޭން އުޅޭވާހަކަ ދައްކާ އިރި އިބުރާހިމް މަނިކުގެ ވެރިކަމެއްގައި މުޅިރާއްޖެ ވިއްކަން ހަމަޖެހިފައިވޭ؟ މިހާރުގެ މައުމޫނު ކިތައްރައް ވިއްކާފައިވޭބާ؟ މައުމޫނު އެތަކެއް ފަޅުރައް ބޭރުމީހުންނައް މިހާރުވެސް އެވަނީ ވިއްކާފައި؟ އެމްޑިޕީން ވިއްކަން އުޅެނި އެންމެ ރަށެއް ނުންތޯ ގަންއެކަނި ނުންތޯ؟ އެތަކެ ރިސޯޓް ބޭރުމީހުންނައް މައުމޫނު ކުއްޔައް ދީގެން އެއިން އެއްވެސް މަންފާއެއް ދިވެހިންނައް ނުވޭކަން އިބްރާހިމް މަނިކައް ނޭގުމަކީ ސިޔާސީ ކަންކަމުގައި އޭނާކުފޫހަމަނުވާކަން؟

  5. ފަރީދުގެ މައްޗައް މިކުރާ ދައުވާކީ ސިޔާސީ ދައުވާއެއް، އެންމެފަހުގެ ރިޔާސީ އިންތިހާބައް ފަރީދު ކުރިމަތި ލާފާނެ ކަމުގެ ބިރު ހީވެގެން އަދި އެދުވަސްވަރު ފަރިދު ދީނީ ދަރުސް ދިނުމުން އޭނާގެ މަޝްހޫރުކަން ދިވެހިންގެ މެދުގައި އިތުރުވުމުން މައުމޫނު ބިރުން ގޮސް އޭނާގެ އެޖެންޓުން ލައްވާ ގަސްތުގައި ކުރިކަމެއް މިއީ އޭނަގެ މައްޗައް ދޮގުބުހުތާން ދައުވާއެއްކޮއްގެން އޭނަގެ އަގުވައްޓާ ބަދުނާމް ކުރަން އުޅުނީ! ޕޮލިހެއް

  6. ޤާނޫނުއަސާސީ އިސްލާޙުކޮށް ނިންމާ ތަސްދީޤުކުރުމަށް މައުމޫނު އަރިހަށް ފޮނުވިފަހުން މަހެއްހާ ދުވަސްވަނީއެވެ. ޚާއްޞަމަޖިލީހުން ކޮންމެމާއްދާއެއް ފާސްކުރުމުން އެމާއްދާއެއް ހަތްދުވަހުގެތެރޭގައި މައުލޫމާތަށްޓަކައި މައުމޫނަށް ފޮނުވަމުން ގެންދިޔައެވެ. ޚާއްޞަމަޖިލީހުން މުޅިއަސާސީ ތަރުތީބުކޮށް، ކުށްފިލުވާ ހެދުމުގެ މާކުރީން ބަންޑާރަނައިބު އޮފީހުން ކޮންމެ މާއްދާއެއް ވަކިވަކިން މުރާޖިޔާކޮށް ރިޕޯޓެއް ނެރުނެވެ. އަދި ހަމައެއާއިއެކު، ފާސްކޮށް ނިންމާފައިވާ އިސްލާޙުތަކުގެ މައްޗަށް ނަޒަރުކުރެއްވުމަށްފަހު މައުމޫނު ކަންބޮޑުވެވަޑައިގަންނަވާ ކަންކަން ފާހަގަކުރައްވާ ޚާއްޞަ މަޖިލީހުގެ ރައީސަށް ފޮނުއްވެވިއެވެ. ޤަނޫނުއަސާސީ ފާސްކޮށްނިމުނީ މިދެންނެވި ހުރިހާ މަރުހަލާތަކަކަށް ފަހުގައެވެ. އެހެންވީއިރު ޤަނޫނުއަސާސީގެ މަސައްކަތުގައި އެންމެ އަވަސްވާނީ ތަސްދީޤުކުރުމުގެ މަރުހަލާކަމަށް ވިދާޅުވެފައި ރައްކާތެރިކޮށްދެއްވަން މިއުޅުއްވަނީ ރައްޔިތުންގެ ކޮންމަސްލަޙަތެއް ބާވައެވެ.

Trackbacks

Leave a Reply

Readers are requested to respect the laws of the Maldives when commenting.

Please install Dhivehi Language Support and select Dhivehi to write in Thaana Script

Print Print E-Mail E-Mail