ބޭރުގެ ނުފޫޒަށް ބޯލަނބާ ސަޖިދަކުރައްވަނީ ޒަޢީމު ނޫންތޯއެވެ؟
Print
E-Mail
އަސްވަދު
ޑީ.އާރު.ޕީ ގެ ކޮންގްރެސް ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެޕާޓީގެ ޒަޢީމު ރައީސު މައުމޫނު ވިދާޅުވީ ބޭރުގެ ނުފޫޒަށާއި ބޭރުގެ ނުފޫޒުގެ ދަށުވެފައިވާ އެއްވެސް ފަރާތަކަށް ދިވެހިރާއްޖޭގެ ވެރިކަމަށް އަޔަނުދޭނޭ ކަމަށެވެ. މިފަހަކަށް އައިސް ރައީސު ދައްކަވާ މިބާވަތުގެ ދެކޮޅުނުޖެހޭ ވާހަކަތަކުގެ ނިސްބަތް ދަނީ އިންތިހާއަށް އިތުރުވަމުންނެވެ. ބޭރުގެ ނުފޫޒަށް ބޯލަނބާ އަދި ބޭރުގެ ނުފޫޒުގެ މަސްތުން މަސްތުވެފައިވަނީ ރައީސު މައުމޫނުތޯ ނުވަތަ އެހެން ބައެއްތޯ މިއީ މިވަގުތު ކޮންމެހެންވެސް ކުރަންޖެހިއްޖެ ސުވާލެކެވެ.
1. ރައީސު މައުމޫނަކީ ރާބިތާ ޢާލަމީ އިސްލާމީގެ ތައުޞީޞީ ނުވަތަ ފައުންޑިންގް މެންބަރެކެވެ. ޤައުމުގެ ރައީސަކަށް ހުންނަވައިގެން މިފަދަ ޖަމާޢަތެއްގެ އިސްމެންބްރަކަށް ހުރުމުން ކިހާވަރަކަށް ޢަރަބިންގެ ނުފޫޒުން ސަލާމަތްވެވޭކަން އެނގިލައްވާތޯއެވެ؟ ރާއްޖެއަށް ސުނާމީގެ ހިތާމަވެރި ޙާދިސާ ދިމާވުމުންވެސް ޢަރަބިންގެ ފަރާތުން އެހީތެރިކަމެއް ނުލިބުނީ އެމީހުން ދެކޭގޮތުގައި ރާއްޖޭއަށް ދޭންޖެހޭ އެހީއެއްވާނަމަ އެ އެހީ ވާނީ ރައީސު މައުމޫނަށް ދެއްވާފައިވާތީ ތޯއެވެ؟
2. އިނގިރޭސިވިލާތުގެ އެންމެ ބޮޑު ސަލީބު ނުވަތަ ނައިޓް ހޫޑް އިނގިރޭސި ރާނީ ކުރިފުޅުމަތީ ގުދުވެ ސަޖިދައަށް އޮވެ ހޯއްދެވިއިރު ބޭރުގެ ނުފޫޒު މަތިން ހަނދުމަފުޅު ނެތުނީތޯއެވެ؟
3. ޗައިނާގެ ކޮމިއުނިސްޓް ޕާޓީއާއި ޒަޢީމުގެ ޑީ.އާރު.ޕީ އާއި ރަސްމީކޮށް ގުޅުން އުފައްދާ ޚިޔާލާއި، މަންދޫބުން ބަދަލު ކުރައްވާއިރު ބޭރުގެ ނުފޫޒުގެ މަތިން ހަނދުމަފުޅު ނުހުންނަވަނީތޯއެވެ؟
4. ޒަޢީމު މިހާރު މަސައްކަތް ކުރައްވަނީ އިންޑިޔާގެ ކޮންގްރެސް ޕާޓީއާއި ގުޅުން އުފެއްދޭތޯއެވެ. މިގޮތުން ވޭތުވެދިޔަ އަހަރު އެ ޕާޓީއިން އިންތިޒާމު ކޮށްގެން ބޭއްވި މަހާތަމާ ގާންދީގެ ސަތިހާގްރާ ގައިވެސް ޑީ.އާރު.ޕީ ގެ ފަރާތުން ޒަޢީމާއި ޒަޢީމުގެ ޕާޓީގެ ބޭބޭފުޅުން ބައިވެރި ވެލެއްވިއިރު ބޭރުގެ ނުފޫޒުމަތިން ހަނދުމަފުޅު ނެތުނީތޯއެވެ؟
5. އިންޑިޔާގެ ކޮންގްރެސް ޕާޓީއިން ރައީސު މައުމޫނާއި އެމަނިކުފާނުގެ ސަރުކާރަށާއި އަދި ޕާޓީއަށް އެކަށީގެންވާ ސަޕޯޓު މިފަހަކަށް އައިސް ލިބެމުން ނުދާތީވެ ސަޕޯޓު ހޯއްދެވުމުގެ ގޮތުން މީގެ 10 ވަރަކަށް ދުވަސް ކުރިން އިންޑިޔާގެ ކެރެއްލާގެ މުސްލިމު ޖަމާޢަތެއް ނުހަނު ސިއްރުން ރާއްޖެ ގެންނެވިއިރު ބޭރުގެ ނުފޫޒު މަތިން ހަނދުމަފުޅު ނެތުނީތޯއެވެ؟
6. އަވަށްޓެރި ސްރީލަންކާއިން އެ ޤައުމުގެ އެންމެ މަތީ އެވޯޑް ހޯއްދަވާ އަދި އެއަށް ފަހު އެ ޤައުމުގެ މަސްވެރިންނާއި މަސްބޯޓުތަކަށް ދިވެހިރާއްޖޭގެ ސަރުޙައްދު “ހުޅުވާލެއްވި އިރު” ބޭރުގެ ނުފޫޒު މަތިން ހަނދުމަފުޅު ނެތުނީތޯއެވެ؟
7. ދިވެހި ސަރަޙައްދުން ފޯޅަވައްސާއި ދިމާލަށް 60 މޭލަށް ވުރެން ބޮޑު ސަރަޙައްދެއް އިނގިރޭސިންނަށް ދޫކޮށްލެއްވީ ކޮން ޕްރަޝަރެއްގައިތޯއެވެ؟
8. ތިމާވެއްޓޭ ތިމާވެއްޓޭ އަބަދު ކިޔަމުން ދުނިޔޭގެ އެކިއެކި ކަންކޮޅުތަކުގައި މެޑަލެއް ލިބޭތޯ މަނިކުފާނާއި މަނިކުފާނުގެ ޚާރިޖީ އަދި ވައިޖެހުމުގެ ޝެހެންޝާހު ޢަބުދުއްލާ ޝާހިދު އުޅުއްވަނީ ޚާރިޖީ ނުފޫޒުން ސަލާމަށްވުމަށްތޯއެވެ؟
9. ޕޭން އޭ.އެމް ފްލައިޓު ލީބިޔާގެ އެޖެންޓުން ގޮއްވާލުމާއި ގުޅިގެން އެ ޤައުމަށް އެމެރިކާއިން ބޮން އެޅުމުން ރާއްޖޭގެ ސްކޫލުތަކުގެ ދަރިވަރުން މަގުމައްޗަށް ނެރެ މަނިކުފާނު މުޒާހިރާ ކުރެއްވީ ޚާރިޖީ ނުފޫޒުގެ ސަބަބުން ނޫންތޯއެވެ؟
10. ރިޔާސީ ގަނޑުވަރުގައި ގެންގުޅުއްވާ ބަންގާޅަ ޝާހު ރާއްޖޭގެ ދާޚިލީ ކަންކަމުގައި ބެހި ވަޒީރުންނަށް އަމުރު ކޮށް، ޔޮޓުމެރީނާ ހެދުމަށް ދޫކުރާ ރަށްތައް އެއަށްވުރެން ބޮޑު ކުލި ހުށަހެޅި ފަރާތްތަކަށް ނުދީ އަމިއްލައަށް ނެގުމަށް ފަހު އެރަށްތައް ރިސޯޓުގެ ގޮތުގައި ތަރައްޤީކޮށް ވިއްކަމުން ދާއިރު ބޭރުގެ ނުފޫޒު ފަސްދާނު ލެވުނީތޯއެވެ؟
11. ބަންގާޅަ ޝާހު ގެނައި އެޗް.އެން.ކޭ ނުވަތަ ހިލް އެންޑް ނޯޓަނަށް މަހަކު ހަތްލައްކަ ރުފިޔާ ދީގެން މަނިކުފާނާއި މަނިކުފާނުގެ ސަރުކާރުގެ މޫނުމަތީގައި ފުށްޖައްސަވާއިރު ބޭރުގެ ނުފޫޒުވީ ކޮންތާކުތޯއެވެ؟
12. ދިވެހިރާއްޖޭގެ ޤާނޫނާއި ގަވާއިދު ބަންގާޅަ ޝާހަށްޓަކައި ބަދަލުކޮށް ދިވެހިބަސް ނޭގޭއިރުވެސް ރާއްޖޭގެ ޝަރުޢީ ކޯޓުގައި ވަކާލާތު ކުރުމުގެ ހުއްދަދެއްވިއިރު ބޭރުގެ ނުފޫޒު ނެތީތޯއެވެ؟ މިނޫނީ ދުނިޔޭގެ އެއްވެސް ޤައުމެއްގައި އެ ޤައުމެއްގެ ޝަރުޢީ ކޯޓުތަކުގައި ބޭނުންކުރާ ބަސް ނޭގި ވަކާލާތު ކުރުމުގެ ހުއްދަ ލިބިފައިވާ މީހަކު މުޅި ދުނިޔޭގައިވެސް ނުހުންނާނެއެވެ.
13. ތިމާގެ ޅިޔަނު އައްބާސް އިބްރާހީމްގެ ދަރިފުޅު ސަބާ އައްބާސް ނޯރޭވޭގެ އީދާރު ކިޔާ ޣައިރު މުސްލިމަކާއި ކައިވެނި ކުރެއްވި އިރު މަނިކުފާނު މައުޒޫނަކަށްވެ ހުރެ ރިޔާސީ ގަނޑުވަރުގައި އެކައިވެނި ކޮށްދެއްވި އިރު ބޭރުގެ ނުފޫޒު މަތިން ހަނދުމަފުޅު ނެތުނީތޯއެވެ؟ އަދި މިއަދުވެސް އެ ދެމީހުންގެ ދަރިންނަކީ މުސްލިމުން ނޫންކަން މަނިކުފާނަށް ހަމަ އެނގިނުލައްވަނީތޯއެވެ؟
މިއީ މަދު މިސާލު ތަކެކެވެ. އިތުރަށްވެސް މިސާލުތައް ދެއްކިދާނެއެވެ. އެހެންކަމުން ތިމާ ނުކުރާ ކަންތައްތަކުގެ ވާހަކަ ނުދައްކަވާށެވެ. ފަޅާ އަރާނީ ތިމަންނާއެވެ. ފަލީހަތްވާނީވެސް އަމިއްލަފުޅަށެވެ. މިހާރު ތިހުންނެވީ ޢުމުރުން ދުވަސްވެ، މުސްކުޅިވެ، ޢަޖޫޒުވެ، އަރުޒަލިލް ޢުމުރު އައިސްފައެވެ. ދެކެވޭ ނުދެކެވޭ ވާހަކައެއް ނޭގޭނެއެވެ. ލޯބޯ ތިހުންނެވި ކޮށިވެފައެވެ. އައްޑު އަތޮޅުގެ ޢިއްޒަތްތެރި މެންބަރު އަދި މަނިކުފާނުގެ އެޓޯލްސް މިނިސްޓްރީގެ ނާއިބު ވިދާޅުވި ފަދައިން މިއަދު ތިހުންނެވީ ނިއުރޯން މަދުވެފައި ނޫންތޯއެވެ؟
Related Posts
9 Responses to “ބޭރުގެ ނުފޫޒަށް ބޯލަނބާ ސަޖިދަކުރައްވަނީ ޒަޢީމު ނޫންތޯއެވެ؟”
Trackbacks
Leave a Reply
Print
E-Mail

























މާއުމޫނަކީ ބޭރުގެ ނުފޫޒަށް ގޮސް ހުސްވެފަހުރި މީހެއް. މަނިކުފާނު ފާދިރީ ޖޯޖް އާއި ފާދިރީ މައިކަލްގެ ބޮޑުޞަލީބުގެ ލަގަބު ހިފައިގެން ރާއްޖެ އައީ ބޭރުގެ ނުފޫޒެއްނެތި ހަމަ އިސްލާމް ދީންދެކެ ލޯބިވާތީތޯއެވެ. އާއެކެވެ މަނިކުފާނު ތިބުނެއްވި ފަދައިން މަނިކުފާނު ބޮޑު ޞަލީބުގެ ލަގަބު ހިފައިގެން ރާއްޖެއައީ ބޭރުގެ ނުފޫޒެއްނެތިކަމަށް ވާނަމަ މަނިކުފަނު އެޞަލީބް ރާއްޖެ ގެނައީ ނަޞާރާއިންދެކެ ވާ ލޯތްބެއްގެ ބޮޑުކަމުންކަން ޔަޤީނެވެ. އެތައް މުސްލިމުންނެއް ގަތުލުކޮށް (ޝަހީދުކޮށް) އިސްލާމް ދީނަ ދެކޮޅަށް އެތައް އެތައް މަސައްކަތްތަކެއްކުރި ދެ ފާދިރީންގެ ހަދާނުގައި އިގިރޭސި ރާނީ ދެއްވާ ލަގަބު ލިބިގަތްއިރު އަޅުގަނޑުމެން ނިކަމެތި ރައްޔަތުން މިތިބީ ކޮންހަލެއްގައިކަން ތިބާއަށް ނޭންގެނީ ތޯއެވެ. ހުދުމުޚުތާރު ވެރިއަކަސް އެކަމަކުތިއީ ތަންފުކެއް ބޮޑުވަރެވެ. =ނައިންޓެ=
Its very good article. Maumoon forget everything. Now he wants another 5 year to remain his corruption.
I think what ever Maumoon talks it should be utter rubbish or garbage. Ask Maumoon to cook old cabbages and eat four times a day so he still can walk with bad smells on the road. It is very sad to call such unethical words to this nation president. we all should be more sivilized however for this Maumoon and his way doctrine is total crepe.
Our layboa Maumoon you can talk in front of your family and they can listen but this very local island guys has no brain for that.
You will learn this time we all Maldivians are ready to fail you, your, two sides of family members and you cronies.
We will vote for the change and change is imminent
މިރާއްޖެ ތަރައްޤީ ކުރަން ހުރަސް އަޅާ އެކަކީ ހަމްދޫނު ހަމީދު ކަމުގައި ބެލެވޭ،މީގެ ކުރީގައި އޭނާގެ ބައްޕަ އަބުދުﷲ ހަމީދު މިދައުރު ކުޅެމުން އައިސްފައިވަނީ އޭނަ ދިއުމުން އެދައުރު މިހާރު ކިޅެނީ ހަމްދޫނު ހަމީދު، ލާލު
i like this article, well presented.
Commmonnn Maumoon please talk about the Cross you brought from Queen ….h e he hhe he he h
Asshole
faadhiree eh kairee gudhuve ove “the grand cross” hoadhevee islaam dheenah taki thoa , zaeem thi hunnavanee hama heygai thoa…….
AMDC in christian dheen fethuree Adan naeem noonthoa , foto naga najeeb dheen badhalukuree zaeem ge foto nagaa nagaa noonthoa……
islaam dheeney kiyaagen zaeem akah vaahak dhehkeykah neiy…
-zakariyya Hameed–
ރީތިވާހަކަތަކެއް!!!
What the hell is he? He have been in power for almost 30 years. He and his family is fullfiled. I dont think there is anything left for the beloved citizens. We should be together, to bring him to justice.We can do it, we will do it, insha allah
Maumoon Saabas, Mithaa ves Maumoon, ethaa ves Maloon, mulhi Qaumuga ves Maloon, Ma Votaa Maloonu ah Dheynei