މާލީ ވަޒީރު އިސްތިއުފާ ދެއްވީ އޮބިނޯވެގެން
Print
E-Mail
ޔޫސުފު
މާލީ ވަޒީރު އަލްފާޞިލް ޤާސިމް އިބްރާހީމު މިމަހު 10ވަނަ ދުވަހު މަޤާމުން އިސްތިޢުފާ ދެއްވީ އެމަނިކުފާނާއި ކުރިމަތިވަމުން ދިޔަ ދާޚިލީ އަދި ޚާރިޖީ ޕްރަޝަރަށް ކެތްނުކުރެވިގެންނެވެ. ދާޚިލީގޮތުން މާލީ ވަޒީރަށް އެންމެ ބޮޑަށް ޕްރެޝަރު ކުރިމަތިކުރުވީ ނިއު މޯލްޑިވްސް ގެ ޑޮކްޓަރުންނެވެ. އެ ބޭފުޅުން ދެއްވަމުން ގެންދެވި ބަސްދީ ގަތުން ތަކުގައި އާއި އެބޭފުޅުން ކޮންމެ ހަފުތާއެއްގެ އާދީއްތަ ދުވަހުގެ ރޭ 8:30-9:30 ދި. އެފް. އިން ގެނެސްދޭ ޕްރޮގްރާމުގައި މާލީ ވަޒީރުގެ އިޤްތިޞާދީ ދޯހަޅި ސިޔާސަތަށް ނުހަނު ފާޑުވިދާޅުވިއެވެ. ދައުލަތުގެ ބަޖެޓުން 4.4 ބިލިއަން ރުފިޔާ ދަރަނިވެރިވެ، އެއްޗެހީގެ އަގު އިންތިހާއަށް މައްޗަށްގޮސް ދިވެހި ރުފިޔާގެ އަގު ދަށްކުރުމަށްޓަކައި ކުރިމަތިވަމުންދާ ޕްރެޝަރުތަކަކީ މާލީ ވަޒީރު ގެންގުޅުއްވި ދޯހަޅި އިޤްތިޞާދީ ސިޔާސަތުގެ ސަބަބުން ކަމަށް އެބޭފުޅުން ތަކުރާރުކޮށް ވިދާޅުވަމުން ގެންދެވިއެވެ.
މީގެ އިތުރުން ނިއު މޯލްޑިވްސްގެ ބޭފުޅުން ނިސްބަތްވާ “އޯޕަން ސޮސައިޓީ” އާއި “ނޭޝްނަލް ރިފޯރމް މޫވުމަންޓް” ގެ ފަރާތުން އިންތިޒާމުކޮށްގެން ބޭއްވި ތިން ބައްދަލުވުމެއްގައިވެސް މާލީ ވަޒީރުގެ ދޯހަޅި އިޤްތިޞާދީ އަދި މާލީ ސިޔާސަތަށް ބައިވެރިން ނުހަނު ފާޑުވިދާޅުވިއެވެ. މިގޮތުން ފާޑުވިދާޅުވި ބޭފުޅުންގެ ތެރޭގައި ހިމެނެނީ ޤައުމުގައި މިވަގުތު ތިއްބެވި އެންމެ ފުންނާބު އުސް އިޤްތިޞާދީ، މާލީ އަދި އިޖްތިމާޢީ މާހިރުންނެވެ. މިސާލަކަށް ދަންނަވާނަމަ ކުރީގެ ފިނޭންސް މިނިސްޓްރީގެ ނާއިބު އަލްފާޞިލު މައިޒާން އާދަމް މަނިކާއި، ކުރީގެ ފޮރިންގ މިނިސްޓްރީގެ ނާއިބް އަލްފާޞިލު ސަލާޙު ޝިހާބާއި، ބޮޑުފެންވަޅުގޭ މުޖްތަބާއާއި، ޝަފީނާޒު ސައްތާރާއި، އަލީ ހާޝީމާއި، ނަފާ ނަސީމާއި، ފާތުމަތް ސަޢީދާއި، އަލްފާޞިލު މުޙައްމަދު ވަޙީދާއި، ހިރިގާ ޒާހިރުމެން ފަދަ ބޭފުޅުން ހިމެނެއެވެ.
މީގެ އިތުރުން ދައުލަތުގެ އޮޑިޓަރ ޖަނަރަލް މާކުން ނަޢީމާއި، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގަވަރނަރ ޖިހާދުވެސް ވަނީ ބަޖެޓާއި އިޤްތިޞާދު ފެއިލުވުމުގެ ފުރިހަމަ ޒިންމާ މާލީ ވަޒީރުގެ އިސްތަށިފުޅުގައި އަޅުއްވާ ފައެވެ. މި ދެބޭފުޅުން ރަޢްޔިތުންގެ މަޖިލީހުގެ އިޤްތިޞާދީ ކޮމިޓީއަށް ހުށަހެޅުއްވި ކަރުދާހެއްގައި ވާގޮތުން 2008 ވަނަ އަހަރުގެ ބަޖެޓަކީ އެކައުންޓިންގެ އުޞޫލުތަކާއި ކަނޑައެޅިގެން ޚިލާފަށް މާލީ ވަޒީރު ތައްޔާރު ކުރައްވާ ފައިވާ ބެޖެޓެކެވެ. އަދި އެ ބަޖެޓަކީ ޙަޤީޤަތާއި ޚިލާފަށް ރަޢްޔިތުންނާއި ރަޢްޔިތުންގެ މަޖިލީހަށް އޮޅުވާލާފައިވާ ބަޖެޓެއްކަމަށްވެސް އެރިޕޯޓުތަކުގައި ފާހަނގަކުރައްވާފައިވެއެވެ. އަދި އޮޑިޓަރ ޖަނަރަލްގެ ރިޕޯޓުގައި ސަރުކާރަށް ގޮވާލާފައިވަނީ 2008 ވަނަ އަހަރުގެ ބަޖެޓް ރަޢްޔިތުންގެ މަޖިލީހުން އަލުން މުރާޖަޢާ ކުރެއްވުމަށެވެ.
މީގެ އިތުރުން ވޭތުވެދިޔަ 2 އަހަރުތެރޭގައި ބައިނަލްއަޤްވާމީ މާލީ އިދާރާތަކުން މެދުކެނޑުމެއް ނެތި ސަރުކާރުގެ މާލީ އަދި އިޤްތިޞާދީ ސިޔާސަތަށް ފާޑުވިދާޅުވެފައިވެއެވެ. މިގޮތުން ފާޑުވިދާޅުވެފައިވާ އިދާރާތަކުގެ ތެރޭގައި ވޯލްޑް ބެންކާއި، އިންޓަރނޭޝަނަލް މަނިޓަރީ ފަންޑާއި، އޭޝިއަން ޑިވަލޮޕްމަންޓް ބޭންކު ފަދަ މާލީ އިދާރާތައް ހިމެނެއެވެ. ބައިނަލް އަޤްވާމީ މާލީ އިދާރާތަކުން ސަރުކާރަށް ތަކުރާރުކޮށް ގޮވާލާފައިވަނީ ސަރުކާރުގެ ހޭދަތައް ކުޑަކުރުމަށާއި، ޤައުމަށް ލިބޭ އާމްދަނީއިން ދެކޮޅުޖެއްސޭވަރުގެ ތިލަފަތް ހަމަ ބަޖެޓަކަށް ދިއުމަށެވެ. އެހެންކަމުން ބައިނަލް އަޤްވާމީ މާލީ އިދާރާތަކަށް އެފަދަ ބޮޑު އިތުރުފުޅެއް ހެއްދެވުމަށް ފަހު އަނެއްކާވެސް އެފަރާތްތަކުގެ އެހީއަށް އެދުމަކީ ނުހަނު ލަދުޙަޔާތް ކުޑަކަމަކަށްވާނެތީ މާލީ ވަޒީރު އިސްތިޢުފާ ދެއްވަން ޖެހިވަޑައިގަތެވެ.
މީގެ ދެ އަހަރު ކުރިން މާލީ ވަޒީރު ވަނީ ތިލަފަތް ހަމަ ބަޖެޓެއް މެނުވީ ހުށަނައަޅުއްވާނެ ކަމަށް ބައިނަލް އަޤްވާމީ މާލީ އިދާރާތަކަށް ޔަޤީން ކަށަވަރު ކޮށްދީފައެވެ. އެހެންނަމަވެސް ވޭތުވެދިޔަ އަހަރުވެސް ހުށަހެޅުއްވީ ޤައުމަށް ލިބޭ އާމްދަނީއަށް ވުރެން ގާތްގަނޑަކަށް 5 ބިލިއަން އިތުރު ނުވަތަ ޑެފިސިޓް ބަޖެޓެކެވެ. މިއަހަރު ހުށަހެޅުއްވީ 4.4 ރުފިޔާ ޑެފިސިޓް ބަޖެޓެކެވެ. އެހެންނަމަވެސް ވޭތުވެދިޔަ އަހަރާއި މިއަހަރުވެސް ބަޖެޓް ދަރަނިވެރިނުވީ ސަރުކާރުގެ ނާޤާބިލު ކަމުން ފާސްކުރި 13 ބިލިއަން ރުފިޔާގެ ތެރެއިން ބޮޑުބައެއް ހޭދަނުކުރެވިގެންނެވެ. ދައުލަތުގެ ބަޖެޓުން ހަމައެކަނި ދަރިނިވެރިވާ މިންވަރަކީ ސުނާމީގެ ކުރިން ދައުލަތުގެ މުޅި ބަޖެޓާއި އެންހަމަ ޢަދަދެކެވެ.
ޤައުމުގެ މާލީ ޙާލަތަށް ބަލާއިރު 13 ބިލިއަން ރުފިޔާގެ ބަޖެޓުން 4.4 ބިލިއަން ރުފިޔާ ވަނީ ދަރަނިވެރިވެފައެވެ. އެއިގެ މާނައަކީ އެއީ ލިބޭނެ ފައިސާއެއްކަމަށް މާލީ ވަޒީރު ވިދާޅުވިނަމަވެސް އެފަދަ ފައިސާއެއް ނުލިބޭނޭ އެވެ. އަދި ހަމަ އެންމެ 2 މަސް ދުވަހު ދިވެހިންނަށް ކާންދެވޭ ވަރަށް މިއަދު ދައުލަތުގެ ޚަޒާނާގައި ފައިސާ ނެތެވެ. މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގައި ހުރި ޖުމްލަ ފައިސާގެ 30 އިން ސައްތަ ސަރުކާރުން ވަނީ ދަރަންޏަށް ނަގާފައެވެ. އަދި ސަރުކާރަށް ލިބޭ އާމްދަނީއަކާއި ކުރާ ހޭދަ ނުވަތަ ކޭޝް ފްލޯ ދިމަލެއް ނުވެއެވެ. މަހުގެ މެދަށް ދާންވާއިރަށް ކަންމަތީގައި ހުންނަ ފިހާރައިން ދަރަންޏަށް މުދާ ނަގާ އުޞޫލުން މިއަދު ދިވެހި ސަރުކާރުން ދަރީ އެމް.އެމް.އޭ އިން ފައިސާ ދަރަންޏަށް ނަގަމުންނެވެ. ޤާނޫނާއި ޚިލާފަށެވެ. ޤާނޫނު ހުއްދަކުރަނީ 90 ދުވަހަށް ވުރެން ދިގުނޫން މުއްދަތަކަށް އެމް.އެމް.އޭ އިން ފައިސާ ދަރަންޏަށް ނެގިދާނެކަމަށެވެ. އެހެންނަމަވެސް މާލީ ވަޒީރުގެ ދުވަސްވަރު އެމް.އެމް.އޭ އިން ނެގި ފައިސާގެ ތެރެއިން ލޯލާރިއެއްވެސް އަނބުރާ ދައްކަވާފައެއް ނުވެއެވެ.
ވޭތުވެދިޔަ އަހަރު ސަރުކާރުގެ މުވައްޒަފުންނަށް މުސާރަ ދިނުމަށްޓަކައި ވިޔަފާރީގެ އުޞޫލުން ބޮޑު އިންޓަރަސްޓާއެކު ވިޔަފާރި ބޭންކުތަކުން ލޯނު ނެގިއެވެ. އަދި ހަމަ އެހެންމެ ސަރުކާރުގެ ބަޖެޓުގައި ފައިސާ ނެތީސް ވެލާނާގޭގައި 14 ބުރި ޢިމާރާތެއް އެޅުމަށާއި، ސިފައިންނަށް 12 ބުރީގެ ޢިމާރާތެއް އެޅުމަށާއި، ފުލުހުންނަށް 10 ބުރީގެ ޢިމާރާތެއް އެޅުމަށް ވަނީ ވިޔަފާރި ބޭންކުތަކުން ބޮޑު އިންޓަރަސްޓަށް ލޯނު ނަންގަވާފައެވެ. މީގެ އިތުރުން 1982 އިން ފެށިގެން ޤައުމުގެ ތާރީޚުގައި އެންމެ ފުރަތަމަ ފަހަރަށް ބަޖެޓަށް ސަޕޯޓު ހޯދުމުގެ ގޮތުން އިންޑިޔާއިން 2.5 މިލިއަން އެމެރިކާ ޑޮލަރުގެ ލޯނުވަނީ ނަގާފައެވެ.
މާލީ ވަޒީރުގެ ނާޤާބިލު ކަން ފާހަނގަކޮށް ރަޢްޔިތުންގެ މަޖިލީހުގެ މެންބަރުންވެސް ވަނީ ނުހަނު ފާޑުވިދާޅުވެފައެވެ. މީގެތެރޭގައި މާލީ ވަޒީރަށް ފާޑުވިދާޅުވި ބޭފުޅުންގެ ތެރޭގައި މާލީ ވަޒީރުގެ ޖުމްހޫރީ ޕާޓީގެ ބޭފުޅެއްކަމަށްވާ ސެންކޯ ޝަރީފުވެސް ހިމެނި ވަޑައިގަންނަވައެވެ. ބައެއް މެންބަރުން މާލީ ވަޒީރު މިހާރުން މިހާރަށް އިސްތިޢުފާ ދެއްވުމަށް ގޮވާލެއްވިއެވެ.
މާލީ ވަޒީރުގެ ދުވަސްވަރު ހެލްތު މިނިސްޓަރު “އިލްޔާސް ބެ” ގެ މިނިސްޓްރީގެ ބަޖެޓު 200 މިލިއަން ރުފިޔާއިން 1 ބިލިއަން ރުފިޔާއަށް ބޮޑުކުރެއްވިއިރު ދިވެހިރާއްޖޭގެ ޞިއްޙީ ޙާލަތު ރަނގަޅުކޮށް ޞިއްޙީ ކަންކަމުގައި މާލީ ވަޒީރުގެ އަރިއަހަށާއި، ރިޔާސީ ގަނޑުވަރަށާއި، ވެލްފެއަރ އަށް ސަލާންޖަހަން ޖެހުނު ހުއްޓުވާ ނުލެވުނުއިރު އެކަން މަދެއްވެސް ނުކުރެވުނެވެ. އަދި ހަމަ އެހެންމެ ސަރުކާރުގެ މުވައްޒަފުންނަށް ޞިއްޙީ އިންޝޯރަންސް ފޯރުކޮށްދޭން މީގެ ދެއަރު ކުރިން ކުރި މަސައްކަތްތަކަށް ހުރަސް އެޅުއްވީ ސީދާ މާލީ ވަޒީރެވެ.
މާލީ ވަޒީރު ގެންގުޅުއްވި ދޯހަޅި މާލީ އަދި އިޤްތިޞާދީ ސިޔާސަތުގެ ސަބަބުން މިއަދު މިވަނީ ބާޒާރުގެ އަގުތައް އިންތިހާއަށް މައްޗަށްގޮސް ފައެވެ. އަދި ހަމަ އެހެންމެ ދުނިޔޭގެ ބާޒާރުގައި އެމެރިކާ ޑޮލަރުގެ އަގު 30 އިން ސައްތަ ދަށަށް ދިޔައިރު ދިވެހިރުފިޔާގެ އަގު މިއަދު މިވަނީ ދަށްކުރަން މަޖްބޫރުވެފައެވެ.
ސަރުކާރުގެ ބައެއް މުވައްޒަފުންނާއި އަދި ރަޢްޔިތުންގެ މަޖިލީހުގެ މެންބަރުންނަށްވެސް އިންތިހާއަށް ބޮޑު މުސާރަ ދިނުމަށް ތާއީދުކުރައްވާ ވާހަކަފުޅު ދެއްކެވީވެސް މާލީ ވަޒީރެވެ. އެހެންނަމަވެސް މުދައްރިސުންގެ މުސާރަ ބޮޑުކުރައްވަން ފައިސާ ނެތްކަމަށްވެސް ވިދާޅުވީ ހަމަ އެދޫފުޅުން މާލީ ވަޒީރެވެ.
މިކަންތައްތައް ރަޢްޔިތުންނާއި ހަމައަށް ގެނެސްދޭން ނިއު މޯލްޑިވްސްގެ ޑޮކްޓަރުން ތިން ހަފުތާވައްދަން މެދުކެނޑުމެއް ނެތި ކުރެއްވި މަސައްކަތްތަކުގެ ނަތީޖާއެއްގެ ސަބަބުން މާލީ ވަޒީރުގެ އަގު ގިނަ ބައެއްގެ ކުރިމަތީގައި ވެއްޓުނެވެ. މަޖިލީހުންނާއި، ސަރުކާރުގެ ތެރެއިންނާއި ޢާންމުންގެ ފަރާތްތަކުންނާއި، ރިޕޯޓަރުންގެ ފަރާތްތަކުން ފާޑުކިޔުންތައް އިތުރުވެގެން ދިޔައެވެ. މީގެ ކުރީގައި މިފަދަ ފާޑުކިޔުންތަކާއި މާލީ ވަޒީރު ކުރިފުޅު ލައްވާކަށެއް ނުޖެހެއެވެ. ފާޑުކިޔާ ކޮންމެ މީހަކުވެސް ހެޔޮ އަގުގައި ގަނެލައްވައެވެ. އެހެންނަމަވެސް މިފަހަރު ދިމާވީ ނުގަނެވޭ ވަރުގެ ބަޔަކާއެވެ. ޢިއްޒަތުއް ނަފުސު ތިބި ޑޮކްޓަރުންތަކަކާއެވެ. އެހެންކަމުން ގަނެނުލެވުނީއެވެ. ޕްރެޝަރަށް ކެތް ނުކުރެވުނީއެވެ.
މާލީ ވަޒީރު އިސްތިޢުފާގެ ސިޓީ ލިޔުއްވީ ރައީސު އޮފީހުގައި ހުންނަވައި ގެންނެވެ. ވަޒީރުންގެ އިޤްތިޞާދީ ކޮމިޓީގެ ބައްދަލުވުމަކަށް ފަހުގައެވެ. އެހެނިހެން ވަޒީރުންގެ ފަރާތުން ޖަވާބުނުދެވޭ ވަރުގެ ސުވާލުތަކެއް ކުރިމަތި ކުރުވުމުންނެވެ.
Related Posts
4 Responses to “މާލީ ވަޒީރު އިސްތިއުފާ ދެއްވީ އޮބިނޯވެގެން”
Trackbacks
Leave a Reply
Print
E-Mail

























ވަޒީރް ބޭކަލުން އިސްތިއުފާ ދިނުމަކީ މިރާއްޖޭގައި އާކަމެއްނޫން އެހެންކަމުން ހަވީރު ނޫހުންވެސް މިކަން މާބޮޑުކުރަން އުޅޭނެ ކަމެއްނެތް، އިސްތިއުފާ ދޭން ފެންނަމީހުން އިސްތިއުފާދޭނެ ނުންތޯ؟އެކަމެއް ނުވެއްހުއްޓުވޭނެ ނުންތޯ؟
ޑީއާރްޕީއަކީ ކިބަސްދޮށުގޭ ކުދިން އުޅޭ ފެންކުޅި ޕާރްޓީ އެއްކަން އެބައެންގޭ ނުން އެންމެ ފަހުން ބުރުމާ ޤާސިމްވެސް އެޕާރޓީން ވަކިވީ ދެން ލަލަލާ!
މާލެއިން އެންމެ ދޮޅުގަޑިއެއްންހާއިރު ކަރަންޓް ދިއުމަކީ ހަވީރުގެ ފަލަ ސުރުހީގައި މިހާވަރުން ލިޔަންޖެހޭ ޙަބަރެއްތޯ؟ ރާއްޖެތެރޭގައި އެއްގޮތަކައްވެސް ކަރަންޓް ނުލިބޭ ރައްތަކުގެ ވާހަކަ ހަވީރުގެ ފަލަސުރުހީގައި ނުޖަހަނީކީއްވެބާ؟ އެތަންތާގައި ހަވީރުގެ ސޫސްވެރިން ނޫޅޭތީވެބާ؟ މާލޭގެ ވާހަކަ ލިއުނީ ހަވީރުގެ އިދާރާއިން ކަރަންޓް ދޮޅުގަޑިޔައް ކެންޑުނީމައިތޯ؟ ހަވީރަކީ ދެއްފުކެހެރި ލިޔުންލިޔާ ބަޔެއްއުޅޭ ނޫސްވެރިކަމަކީ ކޯޗެއްކަން ނުދަންނަ ރޯނައެދުރުން ހިންގާނޫހެއް ނޫންބާ؟ ރައްޔިތު އަހުމަދު
I wish Hon Shuaib Shah Shehen Shah to be the next Finance Minister of Maldives. If not Hon Suaib then my wish is Hon Ghassan Maumoon as Finance Minister. May be HEP is aware od the capability of these guys. They are very clever and very honest to you HEP. If you ask the They will reply lie this This is what we need for DRP. Please re-shuffle and listen to me.