މޯލްޑިވްސް އިލެކްޝަން ވޮޗް ގެ ސަބަބުން ބޭރުގެ ފިއްތުންތައް މައުމޫނަށް އިތުރުވަނީ!


Print Print E-Mail E-Mail

މުސްލިހު

އަންނަ ރިޔާސީ އިންތިޚާބު މިނިވަން އިންޞާފު ކުރެވުމަށްޓަކައި ބޭރުގެ ޤައުމުތަކުންނާއި ޖަމާޢަތްތަކުން ރައީސު މައުމޫނަށް ފިއްތުން ތަކާއި ކުރިމަތި ކުރުވަން ފައްޓަވައިފިއެވެ. މިފަދަ ފިއްތުން ތައް ރޭވުމުގެ މޭސްތިރީންނަކީ ނިއު މޯލްޑިވްސްގެ ތިން ޑޮކްޓަރުންނެވެ. މިގޮތުން ނިއު މޯލްޑިވްސްގެ ފަރާތުން ލަންޑަން އާއި، ބްރަސަލްސް އާއި، ވޯޝިންގްޓަން ގައި މިހާރުވަނީ “މޯލްޑިވްސް އިލެކްޝަންސް ވޯޗް” ގެ ނަމުގައި ޙަރަކާތްތެރިވާ ނުފޫޒުގަދަ ފަރާތްތަކެއްވަނީ  ޤާއިމުކޮށްފައެވެ. މި މަސައްކަތުގައި އިސްކޮށް ޙަރަކާތްތެރިވަނީ އިނގިރޭސިވިލާތާއި އެމެރިކާއާއި، ޔޫރަޕިއިން ޕާރލަމަންޓުގެ އިސް ބޭބޭފުޅުންނާއި ސިޔާސީ ބޭބޭފުޅުންނާއި، ރިޕޯޓަރުންނެވެ. އަދި، މިފަރާތްތަކުގެ މަސައްކަތުގެ ސަބަބުން، އިންޑިޔާއިން ރާއްޖެއާއި މެދު ގެންގުޅޭވިސްނުންވެސް ކުރިއަށްވުރެ ފުޅާކުރެވެން ފަށާފައިވެއެވެ. ހަމަ އެހެންމެ، އޮސްޓްރޭލިއާ އާއި ޖަޕާން ފަދަ ގައުމުތަކުގައިވެސް، ނިޔުމޯލްޑިވެސް ގެ ގުޅުންތަކެއްވަނި ގާއިމު ކުރެވިފައެވެ.

މިހާހިސާބަށް އާއިރު، މޯލްޑިވްސް އިލެކްޝަން ވޮޗް ގެ އެންމެ ގިނަ ހަރަކާތްތައް ފެނިގެންގޮސްފައިވަނީ، ޚުދު އިގިރޭސިވިލާތުގައެވެ. މިގޮތުން، ރާއްޖޭގެ ރިޔާސީ އިންތިޚާބު މިނިވަން އަދި އިންސާފުވެރި ގޮތެއްގައި ކުރިއަށް ގެންދިޔުމަށް ދިވެހި ސަރުކާރަށް ޕްރެޝަރު ކުރުމަށްޓަކައި، އިނގިރޭސި ޕާރލަމަންޓުގައި ވަނީ އެކަމަށް ޚާއްސަ ކުރެވުނު ބަހުސެއް މިދާކަށްދުވަހު ބާއްވާފައެވެ. އިންތިޚާބާއި ބެހޭގޮތުން އާއްމުން ހޭލުންތެރި ކުރުމުގެ ޕްރޮގްރާމް ތަކެއް  ރާއްޖޭގައި ހިންގުމަށް އިނގިރޭސި ސަރުކާރުން ފަންޑު އެބަކުރައްވައެވެ.

1982 ވަނަ އަހަރު ޑަގްލާސް ހާޑަށް ފަހުން ރާއްޖޭއަށް ޒިޔާރަތްކުރައްވާ އިނގިރޭސިވިލާތުގެ އެންމެ މަތީފެންވަރުގެ ބޭފުޅަކު މި މަހު 14 ވަނަ ދުވަހު ދިވެހިރާއްޖެއަށް ޒިޔާރަތް ކުރައްވާނެއެވެ. މި ޒިޔާރަތުގައި އެމަނިކުފާނު ރައީސު މައުމޫނާއި ބައްދަލުކުރައްވާ އަންނަ ރިޔާސީ އިންތިޚާބު މިނިވަން އިންޞާފުވެރި ކުރުމަށްޓަކައި ޕްރެޝަރު އަޅުއްވާނެއެވެ. ވޭތުވެދިޔަ މަހު ރައީސު މައުމޫނު އިނގިރޭސިވިލާތަށް ކުރެއްވި ދަތުރުފުޅުގައިވެސް އޭޝިޔާ، އެފްރިކާ، އަދި ޔޫރަޕަށް ކަނަޑައަޅުއްވާފައިވާ ދައުލަތުގެ ވަޒީރު މަލަކް ބްރައުން ރައީސު މައުމޫނާއި ބައްދަލުކުރައްވާ އަންނަ ރިޔާސީ އިންތިޚާބު މިނިވަން އިންޞާފުކުރެއްވުމަށްޓަކައި ޕްރެޝަރަ އެޅުއްވިއެވެ.

މަޢުލޫމާތު ލިބޭގޮތުގައި ނިއު މޯލްޑްވިސްގެ ބޭފުޅުން މިހާރު މަސައްކަތް ކުރައްވަނީ އަންނަ ރިޔާސީ އިންތިޚާބު އިންޞާފުވެރި ނުކުރައްވައި ފިނަމަ  ބޭރުގެ ޤައުމުތަކުގައިވާ ރައީސު މައުމޫނާއި، އެމަނިކުފާނުގެ ޢާއިލާގެ ބޭބޭފުޅުންގެ މުދަލާއި ފައިސާ ޕްރީޒް ކުރުމަށެވެ. އަދި އެފަދަ ދުވަހެއް އަތުވެއްޖެނަމަ ރައީސު މައުމޫނާއި އެމަނިކުފާނުގެ ޢާއިލާގެ ބޭބޭފުޅުން ޔޫރަޕާއި އޮސްޓްރޭލިޔާ އާއި އެމެރިކާ ފަދަ ޤައުމުތަކަށް އެރުނަ ނުދިނުމަށެވެ.

 

Related Posts

2 Responses to “މޯލްޑިވްސް އިލެކްޝަން ވޮޗް ގެ ސަބަބުން ބޭރުގެ ފިއްތުންތައް މައުމޫނަށް އިތުރުވަނީ!”

  1. ސިޔާސީ ޕާރްޓީ ތަކަކީ ވަކި އާއިލީ ނުފޫޒް ތަކުން އެއްކިބާވެފައިވާ،އާއިލާއެއްގެ ވެރިކަން ހިފަހައްޓާ ހިމާޔައްކުރާ ސިޔާސީ ޕާރްޓީ ތަކަކައް ވެގެންނުވާނެ،އެހެންނީ މިހާރު ޑީއާރްޕީއައް ވެލިކަމުގައި ވިޔަސް އެފަދަ އާއިލީ ކަމެއް އުޅޭހެންހީވާތީ

  2. ކިބިގަސް ގޮޅާ މައުމޫނުގެ ވަކިތަކުން ޑީއާރުޕީ ހިމާޔައް ކޮއް ސިޔާސީ ޕާޜްޓީއެއްގެ ގޮތުގައި ނެރެން އެބަޖެހޭ މިހާރު އެޕާޜްޓީ ހިންގަނީ ކިބިގަސް ކުދިން ކުޅޭ ފެންކުޅިޕާރްޓީ އެއްގެ ގޮތުގައި ޤައުމައް އެއްވެސް ފައިދާއެއް ނުވާގޮތައް އެހެންކަމުން ރައްޔިތުން ހޭލާންވެއްޖެ ނުންޞާ؟

Trackbacks

Leave a Reply

Readers are requested to respect the laws of the Maldives when commenting.

Please install Dhivehi Language Support and select Dhivehi to write in Thaana Script

Print Print E-Mail E-Mail