Print Print E-Mail E-Mail

c

 

މއ. ރޯޒްވިލާ،

   މާލެ،

 ދިވެހިރާއްޖެ

 

 

ދިވެހިރައްޔިތުންގެ ޕާޓީގެ ޒައީމު އަލްއުސްތާޛު މައުމޫން އަބްދުލް ގައްޔޫމަށް،

 ވެދުން ސަލާމަށްފަހު ދަންނަވަމެވެ.

މަނިކުފާނަށް އެގިވަޑައިގަންނަވާނޭފަދައިން، އަޅުގަނޑަކީ ޑީ.އާރު.ޕީ ވުޖޫދަށް ގެނައުމުގައި ވަރަށް އިސްކޮށްހަރަކާތްތެރިވެފައިވާ މީހަކީމެވެ. އަޅުގަނޑު އެމަސައްކަތްތައް އެއިރު ކުރީ، ދިވެހިރާއްޖޭގެ ސިޔާސީ ޙަޔާތުގައި ރައްޔިތުންނަށް ބައިވެރިވެވޭ މިންވަރު އިތުރުކުރުމަށާއި ސިޔާސަތުތަށް ކަނޑައެޅުމުގައި ރައްޔިތުންގެ އަޑު ހިމެނުމަށާއި ރާއްޖޭގެ ސިޔާސީ ނިޒާމު ޒަމާނަށް ފެތޭގޮތަށް ބައްޓަން ކުރުމަށާއި ކުރިމަގުގައި ވެރިކަމުގެ އިސްމަގާމުތައް ފުރާނެ ޒުވާން ވެރިންތަކެއް ތައްޔާރު ކުރުމަށާއި، 9 ޖޫން 2004 ގެ އިސްލާޙީ އެޖެންޑާ ތަންފީޛުކުރުމަށް އެހީތެރިވެދޭނެ ވަސީލަތަކަށް ޑީ.އާރު.ޕީ ވެގެންދާނެކަމުގެ އުއްމީދުގައެވެ.

ނަމަވެސް، ޕާޓީ އަށް 3 އަހަރު ފުރުނުއިރު، ތަޖުރިބާއަކީ، ޑީ.އާރު.ޕީ އަކީ އެފަދައެއްވެސް އަމާޒަކަށް މަސައްކަތްކުރާ ޕާޓީ އަކަށްވެފާ ނުވާކަމެވެ.

ޙަގީގަތަކީ، ރައްޔިތުންގެ ވެރިކަމެއް ގާއިމު ކުރުމަށްވުރެ ބޮޑަށް، ޕާޓީވެގެން ގޮސްފައިވަނީ ވަކި އާއިލާއެއްގެ ތަރިކަ މުދަލަކަށެވެ.

 ރައްޔިތުންގެ ވިންދާ އެއްގޮތަށް މަސައްކަތްކުރާ ޕާޓީ އަކަށްވުރެ ބޮޑަށް ޕާޓީ ފާހަގަކުރެވިގެންގޮސްފައިވަނީ ރައްޔިތުންގެ އިހުސާސްތަކާ ބީރައްޓެހި ޕާޓީއެއްގެ ގޮތުގައެވެ.

ޒުވާން ވެރިންތަކެއް ތައްޔާރު ކުރުމުގެ ބަދަލުގައި ޕާޓީވެގެން ގޮސްފައިވަނީ، އުމުރުން ދުވަސްވީ އަދި ޒަމާނަށް ނުފެތޭ ވެރިންތަކެއްގެ އަމިއްލަ މަސްލަހަތުތަކެއް ދެމެހެއްޓުމަށް އިސްކަންދޭ ޖަމާއަތަކަށެވެ.

9 ޖޫންގެ އެޖެންޑާ ތަންފީޛު ކުރުމުގެ ވަސީލަތަކަށް ވުމުގެ ބަދަލުގައި، ޕާޓީވެގެންގޮސްފައިވަނީ، ވަކިބަޔެއްގެ އަމިއްލަ ސިޔާސީ މަސްލަހަތުތަކެއް ދަމަހައްޓާ ސިޔާސީ ހަތިޔާރަކަށެވެ.

ތަފާތު ޚިޔާލުގެ ރައްޔިތުންނަށް ޙައްޤު އިޙްތިރާމު  އަދާކުރުމުގެ ބަދަލުގައި، ޑީ.އާރު.ޕީ ވެފައިވަނީ، އެފަދަ ފަރާތްތަކަށް ފުރައްސާރަކޮށް، މުޖުތަމައުގެ ތެރޭގާއި ހުތުރު އަދި ނުރަނގަޅު އަމަލުތައް ފަތުރާ ޖަމާއަތަކަށެވެ.

 ފާއިތުވި 3 އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގައި ކޮރަޕްޝަން ވަރަށް ހަލުވިކަމާއިއެކު މައްޗަށް އަރަމުންގޮސްފައިވާކަމަށް އެހީދޭ ބޭރުގެ ޖަމިއްޔާތަކުން ފާހަގަ ކުރާއިރު، މިފަދައިން ކޮރަޕްޝަނުގެ ނިސްބަތް މައްޗަށް ދިޔުމުގައި ޑީއާރުޕީ ގެ ހިއްސާ ބޮޑުކަންފާހަގަ ކުރެވެއެވެ.

މިހުރިހާ ކަންކަމަށް ބަލާއިރު، ދިވެހިރައްޔިތުންގެ ޕާޓީ އަކީ، ޕާޓީ އުފެއްދި މަޤްޞަދުތަކާއި ބޭނުންތައް ޙާޞިލްކުރުމަށް ނުކުޅެދިފައިވާ ޕާޓީއެކެވެ. އަދި، ޕާޓީ ހިނގަމުންދާގޮތަށް ބަލާއިރު، ތިޔަ ޕާޓީ އިސްލާހުކުރުމުގެ ފުރުސަތު ނެތްކަމަށް އަޅުގަނޑު ގަބޫލުކުރާތީ، ދިވެހިރައްޔިތުންގެ ޕާޓީ އަށް އަޅުގަނޑަށް ތާއީދު ކުރެވެން ނެތްވާހަކަ ދަންނަވައި، ތިޔަޕާޓީގެ މެންބަރުކަން ދޫކޮށްލިވާހަކަ ދަންނަވައި، ޕާޓީގެ ރަޖިސްޓަރީއިން އަޅުގަނޑުގެ ނަން އުނިކޮށްދެއްވުން އެދި ދެންނެވީމެވެ.

 

 އިޙްތިރާމް ޤަބޫލްކުރެއްވުން އެދެމެވެ.

05     ރަޖަބް     1429

08     ޖުލައި     2008

 

                                                 ޚާދިމުކުމް

           

 

                                                އަޙްމަދު ޝަހީދު

ދިވެހިރައްޔިތުންގެ ޕާޓީ

     މާލެ،

   ދިވެހިރާއްޖެ

 

ކޮޕީ: ކޮމިޝަނަރ އޮފް އިލެކްޝަންސް

    ޑީ.އާރް.ޕީގެ ރެޖިސްޓްރަރ

Related Posts

8 Responses to “”

  1. why did you wait until 8th june, Ur resignation is amazing, U have been watching them for one year, It seems to believe that u strongly identify DRP as a Party of High Profile, But MY question is A late resignation may affect the effect of the Election.

  2. Thank you Dr. Shaeed, 3 Doctors resignation from the government is in its first, in the history of our country. giving up all. i call all the gut feeling guys to do the same if they knows that the government is so much corrupted and nothing comes to the sincerity to the Citizens of this country.

    Leaving DRP is another fine example not the way latest round of MDP resignation. MDP resignation by Munnavaaru and his close friends shows undiegestable of the election results and this is quite different. We have seen twice Munnavaru doing the samething. HMMM

    Gayyoom wants to paralyze in a very nasty manner by the 3 doctors. But today we are witnessing Gayyom’s autocracy and dictorship in all the way as mentioned by Dr. Jameel’s resignation by resigning from the government’s so far no invitation to party meeting.

    3 Doctors you have shown us very good example, keep it up your good work and we all Maldivians are behind you.

  3. ތިހާލަހުން އިސްތިއުފާގެ ކަންތަޢް ކުރެއްވުމުގެ ސިއްރެއްވާނެކަން އަޅުގަނޑުގަބޫލުކުރަމެވެ. އެހެން މަގެއްކޮށާފައި އިސްތިއުފާދެއްވީތޯއެވެ؟؟/ -ހޯ-

  4. Keep it up! Maumoon is afraid of you. He will try to do anything he can do to win the election like arresting you all (3) for no reason. We do warn Maumoon not do such type of thing this time but still be carefull. He is planing a lot……….Naad

  5. ކޮންމެ ރިޔާސީ ކެންޑިޑޭޓަކުވެސް އާމު ފަރުދުން އުޅޭހާލުގައި ދަތުރު ފަތުރުކޮއް އެއްރަށުން އަނެއްރަށައް މަސްދޯނިގަޔާއި ނާލުބޯޓް ގައިވެސް ދަތުރުފަތުރުކޮއް ރައްޔިތުން އުޅޭ ބިކަހާލު ބަލަން ނުޖެހޭނެބާ؟ ކޮންމެހެން ދައުލަތުގެ ހުރިހާވަސީލަތެއް ރިޔާސީކެންޑިޑޭޓެކޭ ކިޔާފަ ބޭނުންހާގޮތަކައް ކެންޕޭންކުރަން ޖެހޭނެތޯ؟ އެހެންވެއްޖެއްޔާ ރައްޔިތުން ދައުލަތުގެ އެއްޗެހިބޭނުން ކުރުން މާއައުލާކަންބޮޑުނ ނުވާނެތޯ؟ ރިޔާސީ ކެންޑިޑޭޓައް އާންއެކޭ ބުނުމުގެ ހައްޤު ރައްޔިތުންގެ އަންމަތީގައ ވަނީ އެހެންނުންތޯ؟

  6. very good sir , you have enough courage

  7. That is the worse than failure.

  8. I believe there are more members of DRP who will resign like Dr. Shaheed, Dr. Hassan and Dr. Jameel. As some of the commenters have pointed on the time of their resignation, i must say that there is a time for every thing to happen like we have been waiting for 30 years to say we need a better democracy. so if all maldivians have waited for such a long time to say so, why do we worry about when Dr. shaheed had resigned. To conclude it takes time for learning and experiencing any thing just like shaheed got ‘Dr.” before his name but there are people who do not step out and work for the better even after the bad experiences. These are people who are materialistic and no matter what happens they will continue to be materialistic. Thanks for the work Dr.Shaheed, Dr. Hassan and Dr. Jameel are doing to free this nation from a dictatorship leader.

Trackbacks

Leave a Reply

Readers are requested to respect the laws of the Maldives when commenting.

Please install Dhivehi Language Support and select Dhivehi to write in Thaana Script

Print Print E-Mail E-Mail