މަގްސަދު އޮޅުވާލަން މަސައްކަތް ނުކުރާށެވެ
Print
E-Mail
ޢަލީ ސުލައިމާން
ދިވެހިރާއްޖޭގައި ހިގަމުން މިއަންނަ 30 އަހަރުގެ ވެރިކަން ނިމުމަކަށް ގެނެސް، ގައުމަށް ޑިމޮކްރަސީ އާއި މިނިވަންކަމުގެ މޭވާ ހޯދުމަށް ދިވެހި ރައްޔިތުން މަސައްކަތް ފެށީ މީގެ ގާތްގަޑަކަށް 4 އަހަރު ކުރީންނެވެ. އަދި މީގެ މާކުރިންވެސް މިމަސައްކަތުގައި ހަރަކާތްތެރިވި ބަޔަކު އަޅުގަނޑުމެންގެ ތެރޭގައި ތިއްބެވެ. ނަމަވެސް އެބޭފުޅުނަށް މަސައްކަތް ކުރާނެ ފުރުސަތު ލިބުނީ ފަރުދީ ގޮތެއްގައެވެ.
ދިވެހިރާއްޖޭގައި ޕާޓީ ސިސްޓަމް ތަޢާރަފް ވެގެން އައީ ދިވެހި ރައްޔިތުން އެކަމަށް ބޭނުން ވެގެން ކުރި މިންނެތް މަސައްކަތުގެ ސަބަބުންނެވެ. އަދި ސަރުކާރުގެ ތެރޭގައި އެވަގުތު ތިއްބެވި ބައެއް ބޭފުޅުންގެ މިންނެތް އަދި ހިކްމަތްތެރި މަސައްކަތްޕުޅުގެ ސަބަބުންނެވެ. ފަހަރެއްގައިވެސް ވަކި ޕާޓީ އަކުން ނޫނީ ވަކި ބޭފުޅަކު ކުރި މަސައްކަތަކުން ނޫނެވެ. މިކަން އެގެނީ އިއްތިހާދުގެ ފުރަތަމަ ޖަލްސާގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް މުޙައްމަދު ނަޝީދު ވިދާޅުވި ވާހަކަ ކޮޅުންނެވެ. އަންނި ވިދާޅުވީ “ނިވް މޯލްޑިވްސް ހަރަކާތަކީ ސަރުކާރު ހިންގާ ޕާޓީ ޑީއާރްޕީގެ ތެރޭގާ އުފެދިގެން އައި ޙަރަކާތެއް. އަޅުގަނޑުމެން އެބޭފުޅުންނަށް މަރުޙަބާ މިދަންނަވަނީ ވަރަށް އުފަލާއި ހިތްހަމަޖެހުމާއި އިޙްތިރާމާއި ރަޙްމަތްތެރިކަމާ އެކުގައި. އަޅުގަނޑުމެނަށް މިއަދު ހުއްޓި މިތިބެވޭ ތަނުގައި އަޅުގަނޑުމެނަށް މިގޮތަށް މިތިބެވެނީ ހަމައެކަނި އެއްގޮތަކަށްވެސް ހީފުޅު ކުރައްވައިގެން ނުވާނެ، އަޅުގަނޑުމެން ކުރި މަސައްކަތްތަކަކުންނޭ. ސަރުކާރުގެ ތެރޭގައި ނިވް މޯޅްޑިވްސް މޫވަމަންޓް ހިންގެވި މަސައްކަތް ކުރެއްވި ކަންތައްތައް، މިމަރުހަލާއަށް އަޅުގަނޑުމެނަށް އާދެވުމުގައި އެހީތެރިވެފައި އޮތްކަމީ އެއްވަސް ޙާލެއްގައި ޝަތްކު ކުރާ ކަމެއްނޫން. އަޅުގަނޑުމެން އެބޭފުޅުންނަށް ޝުކުރުވެރިވަން. ރއަޔިތުންގެ ހައްގު ތަކާއި ދިވެހިރާއްޖޭގައި ގާނޫނީ ދަވްލަތެއް ހިނަގުމަށް އެބޭފުޅުން ސަރުކާރުގެ އެތެރޭން އެޅުއްވެންހުރި މިންވަރަކަށް ބާރު އެޅުއްވި. އެހެން ނަމަވެސް ދެން ފޫނެތް ފަޔަކަށް ފެން ނުފުރާން ވެގެން އެބޭފުޅުންވެސް ނުކުމެ ވަޑައިގަތީ. މިއަދު އެބޭފުޅުން އެތިއްބެވީ އަޅުގަނޑުމެން އެންމެންނާ އެކުގައި މިދަތުރުގައި ކާމިޔާބު ހޯދަން.”
ސިޔާސީޕާޓީތައް އުފެދުމާއިއެކު ކުރިން އަޅުގަޑުމެން ދެކެފައިނުވާ ވަރަށް ގިނަކަންތައްތަކެއް ތަޢާރަފްވެ، އަދި އަޅުގަނދުމެން ތަޖްރިބާ ކޮށްފައިނުވާ ކިތަންމެ މިނިވަންކަމެއް އަޅުގަނޑުމެންގެ ތެރެއަށް ތަޢާރަފް ވެއްޖެއެވެ. މި ހުރިހާ މިނިވަން ކަމެއްގެ ރާޙަތު ރައްޔަތުންނަށް ހަމަހަމަ އުޞޫލަކުން ފޯރުކޮށްދެވޭނީ ޒިންމާދާރު ސިޔާސީ ލީޑަރުންތަކެއް ރައްޔިތުންގެ އަތުގައި ހިފައިގެން ނޫންތޯއެވެ؟ ލީޑަރުން ރައްޔަތުންގެ އަތުގައި ހިފަން ދުވުމުގެ ބަދަލުގައި ރައްޔަތުން ރަގަޅު، ހަރުދަނާ ލީޑަރުން ބަލާ ހޯދާ އެމީހުންގެ އަތުގައި ހިފަން ދުވާކަށް ނުވޭތޯއެވެ؟
ނިކަން ހަމަހިމޭނުން އިށީނދެތިބެ ވިސްނަމާތޯއެވެ؟ ކޮންކަމަކާ މެދު ތޯއެވެ؟ އަޅުގަނޑުމެން އެންމެން ނިކުމެ ޕާރޓީހަދާ، ސިޔާސީ އެކިއެކި ޙަރަކާތްތައް ބާއްވާ، މުޒާހަރާކޮށް، އެއްބަޔަކު ޖަލަށްގޮސް ފުނޑުފުނޑު މިވަނީ ކީއްކުރަންތޯއެވެ؟ ހަމަ ޔަގީނުންވެސް މައުމޫނު އަބްދުލް ގައްޔޫމްގެ ސަރުކާރު ކަމުނުގޮސްގެންނެވެ. 30 އަހަރު ވެގެންދާއިރު ގައުމު ތަރައްޤީވާން ޖެހޭ މިންވަރާ ގާތަށްވެސް ތަރައްޤީ ނުވާތީއެވެ. އަޅުގަނޑުމެންގެ އިޖްތިމާއީ އަދި އިޤްތިސާދީ ފޭރާން ދުވަހަކުވެސް ނިކަމެތިނުވާ މިންވަރަށް ނިކަމެތިވެ، ބަލިކަށިވެފައި ވާތީ ހިތްހަމަނުޖެހިގެންނެވެ. ކިޔަވައިގެން ތިބި ތަޢްލީމީ ގާބިލް ޒުވާނުންނަށް ފުރުސަތު ނުދޭތީއެވެ. އެމީހުންގެ ޙިއްސާ ޤައުމުގެ ސީޔާސަތު ކަނޑައެޅުމުގައި ބޭނުން ނުކުރާތީއެވެ. އަޅުގަނޑުމެންގެ ދީނީ އަޤީދާ ބަލިކަށިވެ ދީނަށްޓަކައި ދެވޭ ސަމާލުކަން ކުޑަކަމަށް ޤަބޫލް ކުރެވޭތީއެވެ. އަޅުގަނޑުމެންގެ ތަޢްލީމީ ނިޒާމަކީ ރާއްޖޭގެ ކުރިމަގަށް ވިސްނާ ބައްޓަން ކުރެވިފައިވާ ނިޒާމަކަށް ނުވާތީއެވެ. ތަރައްގީގެ ރާހަތު އެންމެންނަށް އިންސާފުވެރިކޮށް ނުލިބޭތީއެވެ. މުއްސަނދިން މުއްސަނދިވެ ފަގީރުން އިތުރަށް ފަގީރުކުރާ ނިޒާމަކަށް ޖާގަ ދޭންބޭނުން ނުވާތީއެވެ. ފަހަރެއްގައިވެސް މާލޭގެ އެއްގޭގައި އޮތް ވެރިކަން ނަގާ އަނެއްގެއަކަށް މިލްކުކޮށްދޭކަށް ނޫނެވެ. އަދި ވަކި ފަރުދަކު ވެރިކަމަށް ގެންނާކަށެއްވެސް ނޫނެވެ. މި ދެންނެވި މައްސަލަތަކަށް ޙައްލެއް ފެނޭތޯއެވެ.
މި މައްސަލަތަކުގެ ޙައްލަކީ މައުމޫނުގެ ވެރިކަން ނިމުމަކަށް ގެނައުންކަމާމެދު ގިނަ މީހުން އެއްބަސްވެ ޤަބޫލު ކުރެއެވެ. އަދި އެކަން ކުރެވޭނީ އިދިކޮޅު ހުރިހާމީހުން އެކައްޗެއް ކިޔައިގެން ކަންވެސް ގިނަ މީހުން ގަބޫލު ކުރެއެވެ. އެކަމަށްޓަކައި އުފެދުނު އިއްތިޙާދު ރޫޅިގެން ދިޔައީ ދިވެހި ރައްޔިތުންގެ ހިތްތަކަށް ލޮނުމިރުސް ލާފައެވެ. ހިތްދަތި ކުރުވާފައެވެ. އަދި އިދިކޮޅު ލީޑަރުންކަމަށް ދަޢްވާކުރާ ގިނަ ބޭފުޅުންގެ މަޤްސަދާމެދު ރައްޔިތުންގެ ހިތްތަކުގައި އެތަކެއް ސުވާލުތަކެއް އުފައްދާ އޭގެ ޖަވާބެއް ނުދީއެވެ.
އިއްތިޙާދު ހަމައެކަނި ރޫޅުނީއެއް ނޫނެވެ. އެއައްވުރެ ކަންބޮޑުވާންޖެހޭ މައްސަލައަކީ މިދެންނެވި ލީޑަރުންކަމަށް ދަޢްވާކުރާ މީހުންނަށް އެމީހުންގެ ފަރާތުން ރައްޔިތުން ބޭނުންވަނީ ކޮންކަމެއްކަން ނޭގޭތީއެވެ. އެމީހުންގެ ވިސްނުމަށް އެއްވެސް އިޙްތިރާމް ކުރުމެއްނެތި މި ލީޑަރުންތައް އެއްބަޔަކު އަނެއްބަޔަކާއި ތަޅާފޮޅެންފެށީއެވެ. މި ސިލްސިލާ ފެށީ އައިޑީޕީގެ ޢުމަރު ނަސީރެވެ. ޑރ. ހަސަން ސައީދުގެ ފޮތާބެހޭގޮތުންނެވެ. ދެފަރާތުން ބަހުގެ ހަމަލާތައް ބަދަލުކުރަމުން ދަނިކޮށް އެފޮތް މަތީމަޖިލީހުން މަނާކޮށްފިއެވެ. ޢިލްމީ މައްސަލައެއް އެންމެ ފަހުން ސިޔާސީ ކުޅިގަނޑަކަށް އުމަރު ނަސީރާއި މައުމޫނާއި ދެބޭފުޅުން ހަދައިފިއެވެ. އެންމެ ފަހުން ލީގަލް ރިފޯރމް މިނިސްޓަރ ވިދާޅުވަނީ ފޮތް މަނާކުރުމަކީ ވަރަށްވެސް ތާކުންތާކު ނުޖެހޭ ކަމެއްކަމަށާއި އަދި އެނިންމުން އަބުރާ ގެންދިޔުމަށެވެ. ދެން މިވީ ކޯޗަކަށް ތޯއެވެ؟
މިދެންނެވި ލީޑަރުން ލީޑަރުންނާއި ދިމާކުރުމުގެ ސިލްސިލާ ނިމުނީކީއެއްނޫނެވެ. އެމް.ޑީ.ޕީ އަށް 3 އަހަރުފުރިގެން ބޭއްވި ޖަލްސާގައި އެޕާރޓީގެ ބައެއް ބޭފުޅުން ޑރ. ހަސަންއަށް އެޓޭކް ކުރި އަޑުއެހީމެވެ. ޕީއެޗްޑީއެއް ބޭނުމެއްނޫނޭ، މުފްތިއެއް ބޭނުމެއްނޫނޭ، އަންނި ފިޔަވާ ރައްޔިތުންގެ މީހަކުނެތޭ މިހެންގޮސް އެތައް އެއްޗެކެވެ. ދިމާ ކުރުމަކީ މައްސަލައެއް ނޫނެވެ. އެހެންނަމަވެސް ވިސްނަންވީ، ދިވެހި ރައްޔިތުން ސަލާމަތް ނުވެގެން މިއުޅެނީ މައުމޫނުގެ 30 އަހަރުގެ ވެރިކަމުންނެވެ. މައުމޫނުގެ ޚުދުމުޚްތާރު އިންސާފެއްނެތް ވެރިކަމުންނެވެ. ވީމާ ދިމާ ކުރަންވީ ހަސަން ސައީދަކާއި ނޫނެވެ. ކިތަންމެ އަޑަށް ބާރުލާފައި ހަސަން ސައީދުއާއި ދިމާކުރިއަސް މައުމޫން ވެއްޓޭކަމަކަށް ނުވާނެއެވެ. ވީމާ މިހާރު މިހިގަމުންއަންނަ ރިފޯރމް ޕްރޮސެސްގެ މަގްސަދު އޮޅުވާނުލާށެވެ. މަގްސަދަކީ މައުމޫނުގެ ވެރިކަން ނިމުމަކަށް ގެނައުން ދެއްތޯއެވެ. އެކަން ކުރެވޭނީ މައުމޫނު ބަލިކުރެވޭ ވަރުގެ ހަރުދަނާ ބޭފުޅަކަށެވެ.
Related Posts
One Response to “މަގްސަދު އޮޅުވާލަން މަސައްކަތް ނުކުރާށެވެ”
Trackbacks
Leave a Reply
Print
E-Mail

























Yamin , after the function at Bed Rock restaurant spoke to Miadhu Daily and expressed more less the same . He said his party received tremendous support from Addu atoll and it was what he had anticipated and hoped for. WHEN YOU READ THIS PART WHO IS YAMIN TO SAY THIS .