ދިވެހިރާއްޖޭގައި ޢަމަލު ކުރެވޭ އިގްތިސާދީ ސިޔާސަތަކީ އެއްވެސް އިގްތިސާދީ ޓެކްސްޓް ފޮތެއްގައި އޮންނަ ގޮތަކަށް ބަލައިގެން ބައްޓަން ކުރާ ސިޔާސަތެއްނޫން – މައިޒާން އާދަމް މަނިކު
Print
E-Mail
އަލީ ސުލައިމާނު
އޯޕަން ސޮސައިޓީ ގެ ފަރާތުން ބޭއްވި އިގްތިސާދީ ފޯރަމެއްގައި ކުރީގެ ފިނޭންސް މިނިސްޓްރީގެ ނާއިބް މައިޒާން އާދަމްމަނިކާއި، ކުރީގެ ފޮރިން މިނިސްޓަރގެ ނާއިބު ސަލާޙް ޝިހާބާއި، ކުރީގެ ޓްއަރިޒަމް މިނިސްޓަރ ބޮޑުފެންވަޅުގޭ އަޙްމަދު މުޖުތަބާއާއި، ނަފާ މުޙައްމަދު ނަސީމާއި އަދި ޝަފީނާޒު ޢަބްދުއް ސައްތާރު މޫސާދީދީ ފުރަތަމަ ފަހަރަށް ސަރުކާރަށް ފާޑު ވިދާޅުވެއްޖެއެވެ. މިފަހަކަށް އައިސް މިހާ ގިނަ ފުންނާބު އުސް ބޭފުޅުން ކޮޅެއް އެއް ފޯރަމަކުން ފެނުނު މިއީ ފުރަތަމަ ފަހަރުވެސް މެއެވެ. އަދި މިއެންމެ ބޭފުޅުންނަކީ ސަރުކާރުގައި ގިނަ ދުވަސްތަކެއް ހޭދަ ކުރައްވާފައިވާ، އަދި މައުމޫނުގެ ސަރުކާރުގެ ދޯހަޅި ސިޔާސަތުތައް ވަރަށް ކައިރިން ތަޖްރިބާ ކުރައްވާ އެކަންތައްތައް ރަގަޅު ކުރުމަށް މަސައްކަތް ކުރެއްވުމަށްފަހު ސަރުކާރުގެ ތެރެއިން އެކަންތައްތައް ރަގަޅު ނުކުރެއްވިގެން ސަރުކާރު ދޫކޮށް ބޭރަށް ނުކުމެ ވަޑައިގެންނެވި ބޭފުޅުންނެވެ.
މިއީ އޯޕަން ސޮސައިޓީގެ ފަރާތުން އިގްތިސާދީ ޙާލަތު ރައްޔިތުންނަށް ހާމަކޮށް ދިނުމުގެ ގޮތުން ބޭއްވި ކާމިޔާބު ތިންވަނަ ބައްދަލުވުމެވެ. މިފަދަ ބައްދަލުވުންތަކުން ދިވެހި ސަރުކާރުގެ އިގްތިސާދީ ޖަރީމަތައް، ރައްޔިތުންނަށް ދަނީ ފާޅުކަންބޮޑު ގޮތެއްގައި ހާމަ ވަމުންނެވެ. އަދި ސަރުކާރުން ދަނީ ސިޔާސަތުތައް ބަދަލު ކުރަން ފަށާފައެވެ. އެހެން ނަމަވެސް ގާބިލު ކަމެއް ނެތް ކޮރަޕްޓް ސަރުކާރަކުން ކުރެވޭނެ މާބޮޑު ކަންތައްތަކެއް ނެތްކަން ރައްޔިތުން ގަބޫލު ކުރެއެވެ.
އޯޕަން ސޮސައިޓީ ގެ ފަރާތުން ބޭއްވި ބައްދަލު ވުމުގައި މައިޒާން އާދަމް މަނިކު ވިދާޅުވީ، މިއަދު ދިވެހީން ދެކެމުން މިއަންނަ ދަތި ދުވަސް ތަކަކީ ފާއިތުވީ ދުވަސް ތަކުގައި ދިވެހި ސަރުކާރުން، އިގްތިސާދީ ހުރިހާ ޕްރިންސިޕުލް ތަކަކާ ޚިލާފަށް ކުރަމުން އަންނަ ކަންތައްތަކުގެ ނަތީޖާ ކަމަށެވެ. ޕެނަލްގައި ބައިވެރިވެ ވަޑައިގަތް ބަގީޗާގޭ ސަލާހު ޝިހާބު ވިދާޅުވީ ރާއްޖޭގެ އިގްތިސާދީ ހާލަތު މިއަދު އޮތީ ވަރަށް ބޮޑަށް ކަންބޮޑު ވާންޖެހޭ ހިސާބެއްގައި ކަމަށެވެ. ސަލާހުގެ ވާހަކަފުޅުތަކުން ބައްދަލުވުން އަޑުއެއްސެވި ބޭފުޅުންނަށް ވަރަށް ފުން އަސަރުތަކެއް ކުރުވިއެވެ. އެއީ ވަރަށް ތިލަކޮށް ޢާންމުންނަށް އެގޭ ފެންވަރަށް ރާއްޖޭގެ މުސްތަގުބަލުގެ ބަނަކަމާމެދު ސަލާހުގެ ވާހަކަފުޅު ބިނާކޮށްފައިވާތީއެވެ. ގައުމުގެ ލީޑަރޝިޕް ފޭލް ވެފައިވާ ކަމަށް ސަލާހުގެ ވާހަކަ ފުޅުންނާއި މުޖްތަބާ އާއި އެހެން ބޭބޭފުޅުންގެ ވާހަކަ ފުޅުތަކުން ވެސް އެގެއެވެ. ސަލާހު ވިދާޅުވި ގޮތުގައި ދިވެހީންނަކީ ހުނަރުވެރި މަސައްކަތްތެރި ބަޔަކަށްވާތީ އެބައި މީހުންނަށް ފުރުސަތެއް ހޯދައި ދެވިއްޖެނަމަ އަމިއްލަ ފައި މައްޗަށް ތެދުވުމަކީ މާކަ އުދަގޫ ކަމެއް ނޫންކަމަށެވެ. އެހެން ނަމަވެސް މިސަރުކާރުގެ މުޅި ސިޔާސަތު ބައްޓަންވެފައި ވަނީ ހައްތާވެސް ކަންތައްތައް ނުކުރެވޭނެހާ ބަހަނާ ދައްކާ އަދި ޢާންމުނަށް ކުރިއަށް ދެވޭނެ ހުރިހައި މަގުތައް ބަންދު ކުރުން ކަމަށް ވިދާޅުވެ ސަރުކާރުގެ ސިޔާސަތަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވިއެވެ.
އޯޕަން ސޮސައިޓީގެ ފަރާތުން މުޖުތަބާ މާގިނަ ވާހަކަފުޅު ނުދެއްކެވި ނަމަވެސް ވިދާޅުވި މަދު ބަސްކޮޅުން ސަރުކާރުގެ ނާގާބިލު ކަމާއި، ރައްޔިތުންގެ ފާގަތި ކަމަށް ނުވިސްނާ މިންވަރާއި، އަދި ސަރުކާރުގެ ލީޑަރޝިޕް ފޭލް ވެފައިވާ ކަން ދޭހަވާ މޭރުމަކުން ވާހަކަފުޅު ދެއްކެވިއެވެ.
ޖުމްލަ ގޮތެއްގައި އޯޕަން ސޮސައިޓީގެ މި ބައްދަލުވުމުގައި އިވިގެންދިޔައީ ރާއްޖޭގެ އިގްތިސާދީ މުސަތަގުބަލް ރަގަޅު ކުރުމަށްޓަކައި ސަރުކާރުގެ ސިޔާސަތުތައް އެއްފުށުން އަނެއްފުށަށް ޖަހަންޖެހޭ ވާހަކައެވެ. އަދި މިކަމަށްޓަކައި ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުގައި އާ ލީޑަރޝިޕަކަށް ފުރުސަތު ދިނުމުގެ މުހިންމު ކަމުގެ މައްޗަށެވެ.
މާތްﷲ އަޅަމެންނަށް އާ މުސްތަގުބަލަކާއި އާރޯ އިގްތިސާދަކާއި އަދި މުޅީން އާ ލީޑަރޝިޕެއް ދައްކަވާށިއެވެ. އާމީން!
Related Posts
Print
E-Mail

























Trackbacks
Leave a Reply