އިސްރާފުލް އަކްބަރުގެ މަސްވެރި ދަތުރު


Print Print E-Mail E-Mail

މުސްރިފު

ދުނިޔޭގެ ތެލުގެ 150 ޑޮލަރަށް އަރާ މަސްވެރިންނަށް މަހަށް ނުފުރި ސްޓެލްކޯއަށް ދުވާލަކު 2 މިލިއަން ރުފިޔާ ގެއްލުންވެ، ރަށްފުށުގެ ރަޢްޔިތުން އަނދިރި ޙާލަތުގައި އުޅުއްވާ އިރުވެސް އިސްރާފުލް އަކްބަރު މައުމޫނު ޢަބުދުލް ޤައްޔޫމަށް ކަހާތަން ހިރުވާހެންވެސް ހީއެއް ނުވެއެވެ.

މިދިޔަ ހޮނިހިރުވިލޭރޭ ހަމަ އޭގެ ކުރީ ހަފުތާ ބަންދެކޭވެސް އެއްފަދައިން އަނބިކަނބަލުން ނަސްރީނާ މަހަށް ވަޑައިގެންނެވިއެވެ. މިފަހަރު މަހަށް ވަޑައިގެންނެވީ ކަނޑުއޮށްގިރި ކައިރިއަށެވެ. ފުރަތަމަ އެތަނަށް އައީ މާލެއިން އައި އެމް.އެން.ޑީ.އެފް ގެ ލޯންޗެކެވެ. ސަރަޙައްދުގައި ވަށައިގެން ދުއްވާފައި އަންގާލި އަންގާލުމަކަށް ދެން އައީ ރިޔާސީ ގަނޑުވަރުން އައި ދެ ލޯންޗާއި އެއާއެކު އައި ސިކިއުރިޓީ ލޯންޗެކެވެ. އިރުކޮޅަކުން އާރަށުން އެދިމާލަށް ޝާހީ ބޭފުޅުންނާއެކު ރަސްމީ ޢިއްޒަތުގައި ސެކިއުރިޓީ ދެ ލޯންޗާއެކު ލޯންޗެއް އައެވެ. އިސާހިތަކު އާރަށުން އައި ލޯންޗުން މަސްވެރިކަމުގެ ޙަރަކާތްތައް ފައްޓަވާއިފިއެވެ.

މިހުރިހާ ކަމެއް ހިނގަމުން ދިޔައިރު އެ ސަރަޙައްދެއް އެއްވެސް އުޅަނދެއް އަޔަނުދިނުމަށްޓަކައި ކޯސްޓްގާޑުގެ ލޯންޗެއް ވަށާ ބުރުޖަހަމުން ދިޔައެވެ. މަންޒަރު ދުށް ދިވެއްސަކު ހައިރާންވެ އަންތަރީސްވެގެން މިލިޔުންތެރިޔާއަށް ފޯނުންގުޅާ ކިޔާދިނުމުން އަޅުގަނޑު ދިން ނަޞޭޙަތަކީ ކަލޭތީ ނަޞީބުވެރިއެއްކަން ކަލޭ ދަންނާށެވެ. އެހެނީ ކަލެއަށް ތިޔަފެނުނީ ތިޔަކަހަލަ އެންމެ މަންޒަރެއް ނޫންހެއްޔެވެ. އެހެނީ ތިޔަފަދަ އިސްރާފު ކުރުމަކީ މިސަރުކާރުގެ ކަށީގައި ހިފާފައިވާ ކަމަކަށްވާތީއެވެ. އަދި ދިވެހި ކަނޑުން ވަގަށް މަސްވެރިކަން ކުރާ ބޭރުގެ ފަރާތްތައް ފަހާލުމަށް ތެޔޮ އެންދުމުގެ ބަދަލުގައި ބައިތުލް މާލުން ޚަރަދުކޮށްގެން އިސްރާފުލް އަކްބަރާއި އޭނާގެ ޢާއިލާގެ ބޭފުޅުން އެތައް ލޯންޗަކާއެކު މަސްވެރިކަން ކުރުމަކީ ދިވެހިން ހުކުރު ކުރާހެން ކޮންމެހަފުތާއަކު ކުރައްވާކަމެކެވެ.

 

Related Posts

3 Responses to “އިސްރާފުލް އަކްބަރުގެ މަސްވެރި ދަތުރު”

  1. އެންމެ ބޮޑުމުސާރަ ލިބޭ މއ.ކިބިގަސްދޮށުގޭ މައުމޫނު އަބުދުލް ޤައްޔޫމުގެ މުސާރައިން ބަޔެއް އުނިކޮއްފަ ކުޑަމުސާރަ ލިބޭމީހުންނައް ދެއްވަންވީ ނުންތޯ އޭރުން ތިމައްސަލަ ހައްލު ނުވާނެބާ؟

  2. ތީމުގެޔާއި ރައިސް އޮފީހުގެ ބަޖެޓް ކުޑަކޮއްލައިއްފިއްޔާ މިރާއްޖޭގައި ދިމާވެގެން މިއުޅެ ފަޤީރުކަން ހުއްޓިދާނެ!

  3. maumoonge kahaathan hiruvaane, ekamaku kanaa athu kanfaiy hirivaigatheema, vaa athun kahaathee massalayakee.

Trackbacks

Leave a Reply

Readers are requested to respect the laws of the Maldives when commenting.

Please install Dhivehi Language Support and select Dhivehi to write in Thaana Script

Print Print E-Mail E-Mail