އިނގިރޭސި ސަފީރު ޕާޓީތަކާއި ކެންޑިޑޭޓުންނާއި ބައްދަލުކުރައްވަނީ
Print
E-Mail
މިއަދު 1:45 ގައި އިނގިރޭސި ސަފީރު އިންތިޒާމުކުރައްވައިގެން ބާއްވާ ބައްދަލުވުމެއް މާލޭގެ ސެންޓްރަލް ހޮޓަލުގައި އޮންނާނެއެވެ. މި ބައްދަލުވުމުގައި ހުރިހާ ސިޔާސީ ޕާޓީތަކާއި ރިޔާސީ ކެންޑިޑޭޓުންގެ ބައިވެރިވެލައްވާނެއެވެ. ބައްދަލުވުމުގެ މަޤްޞަދަކީ ކެމްޕެއިންގައިއާއި އަދި އިންތިޚާބުގައި ހުރިހާ ޕާޓީތަކުންނާއި ކެންޑިޑޭޓުން ޢަމަލުކުރައްވާނޭ ސުލޫކީ މިންގަނޑެއް ނުވަތަ (ކޯޑް އޮފް ކޮންޑަކްޓްސް) އަކަށް އެއްބަސްވުމެވެ. އަދި އިންތިޚާބު މިނިވަން ކުރެއްވުމުގައި ކުރަންޖެހޭ ކަންކަމަކީ ކޮބައިތޯ ބެލުންވެސް ހިމެނެއެވެ.
ލަފާކުރެވޭ ގޮތުގައި މި ބައްދަލުވުމަށް ފަހު އިނގިރޭސި ސަރުކާރުން ރައީސު މައުމޫނަށް ވަރަށް ބޮޑެތި އިންޒާރުތަކެއް ދޭނެއެވެ. ވޭތުވެދިޔަ މަހުގައި ރައީސު އިނގިރޭސި ވިލާތަށް ކުރެއްވި ދަތުރުފުޅުގައިވެސް އިނގިރޭސި ޚާރިޖީ ވަޒީރު މަލަކް ބްރައުން ރައީސަށް ވަރަށް ހަރުކަށި އިންޒާރުތަކެއް ދެއްވިއެވެ.
Related Posts
Print
E-Mail

























Trackbacks
Leave a Reply